Advertisement

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޙުރުގެ މައްސަލަ ރައީސާއި ގުޅުވައި، މުޅި ދުނިޔޭގައި ޚަބަރުތައް ފެތުރުނުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ވާހަކަތައް ދޮގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް, އެމަނިކުފާނުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ސިހުރު ހަދާފައިވާ ކަމަށް ބުނެ، ރާއްޖެއާ ބައިނަލް އަޤުވާމީ މީޑިއާގައި އެޚަބަރުތައް ފެތުރި، ރައީސުލްޖުމްހޫރިއްޔާހެ ޤަދަރާއި ކަރާމާތަށް އުނިކަން އަންނަ އެތައް ވާހަކަތަކެއް ފެތުރުނު ފަހުން، އެކަމާއި ގުޅޭ ގޮތުން ދެކެވުނު ބައެއް ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޙުރުގެ މައްސަލަ އާއި ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމުގައިވެސް ހީނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ފުލުހުންގެ ސްޕޯކްސް ޕަރސަން، އަޙްމަދު ޝިފާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީގުކުރަމުން ގެންދާ، ހ. މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްއާއި އިތުރު ބަޔަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާއާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަޙުޤީގުކުރަމުންދާ މައްސަލައެއްކަމަށް އާންމު މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއްނެތް، ދޮގު ވާހަކަ ތަކެއް ކަމަށެވެ.

މީގެ އިތުރުން، ޝަމްނާޒާއި އިތުރު ދެމީހަކު ހައްޔަރު ކުރީ، ރައީސުލްޖުމްހޫރިއްޔާއަށް ސިޙްރު ހަދާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ސިހުރުގެ މިމައްސަލަ ފުލުހުން ބަލަމުން ގެންދަނީ، ފުލުހުންގެ އަމިއްލަ އިސްނެގުމެއްގައި ކަމެއް ނުވަތަ އެއްވެސް ފަރާތަކުން ރިޕޯޓްކޮށްގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. އަދި މައްސަލަ އާއި ގުޅޭ އިތުރު ތަފްޞީލެއްވެސް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތާއި އަބުރުފުޅަށް ހުތުރުވާގޮތަށް ސިޙްރުގެ މިމައްސަލަ އާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާ އާއި ބައިނަލްއަޤުވާމީ މީޑިއާތަކުގައި ޚަބަރުތައް ފެތުރި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ބައެއް ފަރާތްތަކުން ދަނީ ފުރައްސާރަވެސް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ސިޙުރު ހަދާފައިވާ ކަމަށް ބުނާ ޚަބަރު، އަލްޖަޒީރާ އާއި އާރްޓީ، އޭއެފްޕީއާ ވިއޯން، ސްކައިނިއުސް އަދި ގްލޯބަލްއައި ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން މެދުއިރުމަތީގައި ޢަރަބިބަހުން ޚަބަރުތައް ގެނެސްދޭ މީޑިއާތަކުންވެސް ވަނީ މިޚަބަރު ކަވަރުކޮށްފައެވެ.

ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްއާއި އިތުރު ބަޔަކު ބައިވެރިވެގެން ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ދެވަނަ ފަހަރަށް ކޯޓުން އިތުރުކޮށްދީފައެވެ. މިގޮތުން އެދެ މީހުން އިތުރު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައި ވާއިރު، ސިޙްރު ހަދައިދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 58 އަހަރުގެ ދިވެހި ފިރިހެންމީހާ، ޝަރުޠުތަކާއި އެކު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހޮނިހިރު ދުވަހު އެމީހާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.