Advertisement

މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 2 ޖުލައި 2024 ގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

05 Jul 2024
ޚަބަރު

ހަށިވިއްކާ ތަނެއް ރެއިޑްކޮށް ދިވެހި ފިރިހެނަކާއި ތިން އަންހެނުން ހައްޔަރުކޮށްފި

ސްޕާއެއްގެ ނަމުގައި ހަށިވިއްކަމުން ދިޔަ ތަނެއް ރެއިޑްކޮށް، 55 އަހަރުގެ ދިވެހި ފިރިހެނަކާއި 3 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފިއެވެ.

ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ އެ ސްޕާގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެންކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 55 އަހަރުގެ ފިރިހެނަކާއި ތައިލެންޑުގެ 3 އަންހެނުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހައްޔަރުކުރި ތައިލެންޑަށް ނިސްބަތްވާ ކުދިންގެ ތެރޭގައި 30 އަހަރުގެ 2 އަންހެނުންގެ އިތުރުން ދެން ހިމެނެނީ 28 އަހަރުގެ އަންހެނެކެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 3 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ދެ އަންހެނުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާގެ ފޮޓޯ ވެސް އިމިގްރޭޝަނުން އާންމުކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.