Advertisement

ފުލުހުންގެ ވެހިކަލެއް މަގުމަތީގައި ތިބިއިރު ޓްރެފިކް ޕޮލިހުން ފަހަތުގައި، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

09 Jul 2024
ޚަބަރު

ރަހީނު ކުރުމަށްފަހު މީހެއްގެ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ރަހީނު ކުރުމަށްފަހު މީހެއްގެ އިނގިލި ބުރކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ތިން މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ދިވެހީންނެވެ.

މާލޭގައި ހިނގާފައިވާ މި ހާދިސާގައި ހިމެނެނީ 18 އަހަރާއި 21 އަހަރާއި 23 އަހަރުގެ ފިރިހެނުންނެވެ.

ތިން މީހުން ފުލުހުން ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާއިރު، މި މީހުންނަށް ފުލުހުން ކުރަނީ ތިން ތުހުމަތެކެވެ. އެއީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައިގެން ގެންގުޅުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ތުހުމަތުކުރާ މީހުންގެ މައްޗަށް ކުރާ ދައުވާގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ސްނެޕްޝޮޓްތަކަކާއި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯއަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ.

ދިފާއުގައި ތުހުމަތު ކުރެވޭ މީހުން ކޯޓުގައި ބުނެފައިވަނީ އެއީ ޕަވަރ ޓޫލެއް ބޭނުން ކުރަނިކޮށް އަނިޔާވި މީހާއަށް ލިބިފައިވާ އަނިޔާއެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.