Advertisement

ފުލުހުންގެ އިދާރާ--

31 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ފެންވަރައިގެން ނުކުތް އަންހެނަކު ކޮޓަރިއެއްގެ ތެރޭގައި ހުއްޓައި ދޮރު ވައްޓާލައި ފުލުހުން ވަދެއްޖެ

ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި، އަންހެނަކު ކޮޓަރިއެއްގައި އޮރިޔާން ހާލުގައި ހުއްޓައި، ފުލުހުން އެ ކޮޓަރީގެ ދޮރުވައްޓާލާފައި ވަތްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއްގެ މައިދޮރާއި އެގޭގެ ދެކޮޓަރީގެ ދޮރު ވައްޓާލައި ފުލުހުން ވަތްކަމަށެވެ. އޭގެ ތެރެއިން އެއްކޮޓަރީގެ ދޮރު ވައްޓާލި އިރު ފެންވަރައިގެން ނުކުތްގޮތަށް އަންހެނަކު ކޮޓަރިތެރޭގައި ހުރިކަމަށެވެ. އަދި ދޮރުވައްޓާލައިގެން ފުލުހުން ވަތް އެކޮޓަރީގައި އަންހެންމީހާ ހުރުމުން، ފުލުން ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުޞަތު ދިންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. 

މިހާދިސާގައި، ފުލުހުން ބޭނުންކުރި ބޮޑީވޯން ކެމެރާއަށް އަންހެން މީހާގެ މަންޒަރުތައް ރެކޯޑް ކުރެވުނުކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރުނު ނަމަވެސް ފުލުހުންގެ ރަސްމީ މީޑިއާ ގުރޫޕުގައި ހިއްސާކުރި މައުލޫމާތުގައި ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަމަށާއި އަދި، ފާޚާނާއެއްގެ ދޮރުއްވައްޓާލާފައިވެސް ނުވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހިންގި އެ އޮޕަރޭޝަނަކީ، ކޯޓުއަމުރެއްގެ ދަށުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބެލުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.