Advertisement

14 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެހީވުމުގެ ގޮތުން، 4 މިލިއަން އެމެރިކާ ޑޮލަރުގެ ވެހިކަލް ޖަޕާނު ސަރުކާރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަދިޔާކޮށްފި

މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެހީވުމުގެ ގޮތުން، 4 މިލިއަން އެމެރިކާ ޑޮލަރުގެ ވެހިކަލް ޖަޕާނު ސަރުކާރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ. މިތަކެއްޗާއި ރަސްމީކޮށް ހަވާލުވުމަށް އިސްކަންދަރު ކޮށީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޖަޕާނު ސަރުކާރުން ފުލުހުންނަށް ހަދިޔާކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 54 ކާރާއި 4 ވޭންއެވެ.

މި ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އިހުނަށް ވުރެން އިތުރު ކުރަން ޖެހިފައިވާކަމަށާއި، އެކަންކުރެވޭނީ ރަނގަޅު ވަޞީލަތްތައް ފުލުހުންގެ ޚިދުމަތުގައި ޤާއިމްކޮށްގެންކަމަށެވެ. އެހެންކަމުން، ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށްކުރާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ވިދާޅުވިއެވެ.

"އަތޮޅުތެރެއާއި މާލޭގައި ކުށްކުރުން އިތުރު ވަމުން އަންނައިރު، އޮޕަރޭޝަންތައް ހިންގުމަށް ފުލުހުންގެ ޤާބިލްކަން އިތުރުކުރުން މުހިންމު. ފުލުހުންނަށް ރަނގަޅު ވަޞީލަތްތައް ފޯރުކޮށްދެވިގެން ދިއުމުން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް އިތުބަރާއި ޔަޤީންކަން ލިބިގެންދާނެ."

ވެހިކަލްތަކާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ ވިދާޅުވީ، މިއީ ނިމުމެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތާންގައި ވެސް ފުލުހުންގެ ވަސީލަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މެޓަލް ޑިޓެކްޓަރާއި، ލޭސަރާއި، ޕެސެންޖަރ ކްރާފްޓާއި، ރަބަރ ބޯޓު ކުރިއަށް އޮތް ތަނުގައި ހަދިޔާކުރެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.

ފުލުހުންގެ އިތުރުން ޖަޕާނު ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ދާއިރާތަކަށް މާލީ ގޮތުންނާއި ވަޞީލަތުގެ ގޮތުންވެސް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަނީ އެކި މުވައްސަސާތަކަށް ވެހިކަލް ހަދިޔާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.