Advertisement

މައިނާ 1 ފަރަށް އަރާފައި --- ފޮޓޯ: ވޭވަށުގެ ރައްޔިތެއް

26 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސަފާރީއެއް ފަރަށް އަަރައި އަޑިޔަށް ހިނގައްޖެ

18 ފަތުރުވެރިންނާއި، 10 ފަޅުވެރިންނާއިއެކު ދަތުރުކުރި ސަފާރީއެއް މުލަކަތޮޅު ވޭވަށު ފަރަށް އަރައި އަޑިޔަށް ހިނގައްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 00:19 ހާއިރުގައި ކަމަށެވެ. ފަރަށް އަރައި ސަފާރީ އަޑިޔަށް ދިޔަ ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ސަފާރީ ފަރަށް އަރާފައި ވަނީ، ދަންވަރު ޖެހުނު ވިލާގަނޑެއްގައި ވަޔާއި ކަނޑުގަދަވެ ނަގިލި ކަހާލައިގެންނެވެ. 

މައިނާ 1 ނަމަކަށް ކިޔާ އެސަފާރީ ފަރުމައްޗަށް އެރުމުގެ ސަބަބުން އަރިވެ އެ ސަފާރީގެ ދެބައިކުޅަ އެއްބައި އޮތީ އަޑީގައެވެ. އެއުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން ކުރަމުން އަންނަ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
މަތްނާ
ގުޑް
27 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.