Advertisement

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

11 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ޖުމްލަ 2.5 މިލިއަން ރުފިޔާގެ ސްކޭމްގެ ދެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ސްކޭމްގެ ދެ ކޯލަކުން ދެ މީހެއްގެ އެކައުންޓު އެކްސެސް ހޯދައިގެން ނަގާފައިވާ ޖުމްލަ 2.5 މިލިއަން ރުފިޔާގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. ފުލުހުން މިހެން ބުނީ، މި ދެ މައްސަލައިގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

އެގޮތުން ފުރަތަމަ މައްސަލައަކީ، މި އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެއްކަމަށް ވިދާޅުވެފައިވެއެވެ. އެ ސްކޭމްގައި ޖުމްލަ 587،149ރ. (ފަސް ލައްކަ އަށްޑިހަ ހަތް ހާސް އެއް ސަތޭކަ ސަޅީސް ނުވަ ރުފިޔާ) ހިމެނެއެވެ. މި މައްސަލައިގައި ސްކޭމްކުރި މީހާ ވިކްޓިމަށް ގުޅާ، އޭނާއަށް ފްލެޓެއް ލިބިފައިވާކަމަށް ބުނެ، އޮޅުވާލުމަށްފަހު އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދާފައިވެއެވެ. އެއަށްފަހު އީމެއިލް މެދުވެރިކޮށް ވިކްޓިމްގެ މޯބައިލް ނަމްބަރު އީ-ސިމް އަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިންގެ އެކްސެސް ހޯދާފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އޭގެ ފަހުން، ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 25،000ރ. (ފަންސަވީސްހާސް ރުފިޔާ) އާއި ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމްއިއްޔާއެއްގެ އެކައުންޓުން 562،149ރ. (ފަސް ލައްކަ ފަސްދޮޅަސް ދެ ހާސް އެއް ސަތޭކަ ސަޅީސް ނުވަ ރުފިޔާ) ނަގާފައިވެއެވެ.

މި ސްކޭމް ދެނެގަނެވި މިކަން ހުއްޓުވުމާ ދެމެދު 1 ގަޑިއިރާއި 49 މިނެޓު ހޭދަވެފައިވާއިރު، މި ފައިސާގެ ތެރެއިން %62 ވަނީ 8 އޭޓީއެމްއެއް މެދުވެރިކޮށް ނަގާފައެވެ. އެގޮތުން މާލެއިން 75،000 ރުފިޔާ، ސ. ހުޅުމީދޫއިން 73،300 ރުފިޔާ، ވިލިމާލެއިން 50،000 ރުފިޔާ، ހުޅުމާލެއިން 47،400 ރުފިޔާ، ޏ. ފުވައްމުލަކުން 45،000 ރުފިޔާ، ސ. ހިތަދޫ އިން 25،000 ރުފިޔާ، މ. މުލިން 25،000 ރުފިޔާ އަދި ތ. ތިމަރަފުށިން 25،000 ނަގާފައިވެއެވެ.

މީގެ އިތުރުން މި ފައިސާގެ %19 އިންސައްތަ ބޭނުން ކޮށްފައިވަނީ އަގުބޮޑު އިލެކްޓްރޯނިކްސް އާއި ކްރިޕްޓޯ ކަރަންސީ ގަތުމަށްކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

މިއީ ސްކޭމް ކޯލެއްކަން އެނގި ބޭންކަށް މައްސަލަ ހުށަހެޅި ހިސާބުން، ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 11،750ރ. ވަނީ ސަލާމަތް ކުރެވިފައެވެ. އަދި ޖަމްއިއްޔާގެ އެކައުންޓުން ސަލާމަތް ކުރެވިފައިވަނީ 236،102.58 ރުފިޔާއެވެ.

ދެވަނަ މައްސަލައަކީ ހަމަ މި އަހަރުގެ ޖޫން 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ސްކޭމްގައި ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭންގޭ ފަރާތަކުން ވައިބާ އާއި ވަޓްސްއަޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސްޕަލައިކުރަން ބޭނުންކަމަށް ބުނެ، އޮޅުވާލައިގެން ވެންޑާ ރެޖިސްޓަރ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދިކަމަށް ވިކްޓިމް ތަހުގީގަށް ކިޔާދީފައިވެއެވެ. އަދި އެއަށްފަހު، އިންޓަނެޓް ބޭންކިން ބޭނުންކޮށް ވިކްޓިމްގެ ޕާސަނަލް އެކައުންޓަށް އެކްސެސްވެ، އެ އެކައުންޓުން ގާތްގަނޑަކަށް 25،000ރ. (ފަންސަވިސް ހާސް ރުފިޔާ) އާއި، ވިޔަފާރީގެ އެކައުންޓުން 1،897،016ރ. (އެއް މިލިއަން އަށް ލައްކަ ނުވަދިހަ ހަތް ހާސް ސޯޅަ ރުފިޔާ) ނަގާފައިވެއެވެ. ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި މި ސްކޭމް ހިނގި އިރު ވިޔަފާރި އެކައުންޓުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ހުއްޓެވެ. އަދި މިކަން ފާހަގަ ކުރެވިގެން ބޭންކަށް އަންގާ، އެ ހިސާބުން ކުރެވުނު މަސައްކަތުން ސަލާމަތް ކުރެވުނީ 8 ލައްކައެއްހާ ރުފިޔާކަމަށް ފުލުހުން ބުނެއެވެ. އެއީ އެކައުންޓުގައި ހުރި ފައިސާގެ %32 ފައިސާއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ފައިސާ ކުންފުނީގެ އެކައުންޓުން ބޭރު ކުރުމަށް ޖުމްލަ 56 ޓްރާންސެކްޝަނެއް 50 އެކައުންޓަކަށް ހަދާފައި ވެއެވެ. މީގެ ތެރެއިން 36 އެކައުންޓަކަށް ޖަމާ ކުރެވުނު ފައިސާ ވަނީ އޭޓީއެމް މެދުވެރިކޮށް ނަގާފައެވެ. އަދި މި ޓްރާންސެކްތަކަށް އެވަރެޖްކޮށް ހޭދަވެފައި ވަނީ 5 މިނެޓާއި 10 މިނެޓުގެ ވަގުތެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ 1،921،899ރ. ގެ ތެރެއިން، މައްސަލަ ހިނގި ވަގުތުން ފެށިގެން 2 ގަޑިއިރާއި 46 މިނެޓުގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް 1،825،804ރ. ނަގާފައިވެއެވެ. މި ފައިސާ ނެގުމަށް 8 އަތޮޅެއްގެ 36 ރަށަކުން 150 މީހަކު ހަރަކާތްތެރިވެފައި ވެއެވެ.

ފުލުހުން ކުރި މަސައްކަތުން 72 ގަޑިއިރުގެ ތެރޭގައި 475،550ރ. ރިކަވާ ކުރެވުނު އިރު، މި ފައިސާގެ ތެރެއިން ޖުމްލަ 548،860ރ. ވަނީ ފުލުހުންނަށް ރިކަވާ ކޮށްދެވިފައެވެ. އަދި މި މައްސަލައާ ގުޅިގެން 60 ފަރާތެއް މިހާރު ބަލާފާސްކޮށް ތަހުގީގު ކުރެވިފައިވާއިރު، 57 ބޭންކު އެކައުންޓެއް މިވަގުތާ ހަމައަށް ފްރީޒް ކުރެވިފައިވާކަމަށް ވެސް ފުލުހުން ހާމަ ކުރެއެވެ. އަދި މިވަގުތު ވެސް 133 ފަރާތެއްގެ އެކައުންޓު ސްޓޭޓުމެންޓު އެނަލައިޒް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.