Advertisement

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަސްވެރިޔާ ޢަލީ ސާޖިދު --

07 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަސްވެރިޔާ ސާޖިދު ބަންދުން ދޫކޮށްލައިފި

ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނަ ސޯޝަލްމީޑިއާ އެކްޓިވިސްޓް، އަދި މަސްވެރިޔާ ޢަލީ ސާޖިދުގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ފުލުހުން އޭނާ ދޫކޮށްލައިފިއެވެ.

ޖޫން 30 ވަނަ ދުވަހު، ފުލުހުން އޭނާ ހައްޔަރު ކުރީ، އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް، ވިލިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން އެކޯޓުން ޖުލައި 1 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައެވެ. އެމުއްދަތު ހަމަވަނީ މިއަދަށެވެ.

ސާޖިދު ބުނިގޮތުގައި ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައި ވަނީ، ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، 2013 ވަނަ އަހަރުގައި ކަމަށާއި  ކުށުގެވެށިން ދުރުވެ ހުރީ ވަރަށް މަސައްކަތްކޮށްގެން ކަމުގައިވެސް ސޯޝަލްމީޑިއާގައި އޭނާ ބުނެފައިވެއެވެ.

ސާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލި ނަަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުންގެ އިދާރާއިން އެއްޗެއް ބުނެފައެއް ނުވެއެވެ.

ސާޖިދުގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ، 46 އަހަރުގެ އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމަށެވެ. ޖޫން 29 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އެކަންތަކާއި ގުޅިގެން އެ އަންހެންމީހާއަށް ގއ އަތޮޅު ހޮސްޕިޓަލުގައި އެރޭ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.