މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
11 Sep 2024
ޚަބަރު
ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އެރަށުން މައުލޫމާތު ދިން ގޮތުގައި ފަޅު ތެރޭގައި އޮތް އެމީހާ އޮތީ މަރުވެފައެވެ. އަދި އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އެރަށުގެ ޒުވާނެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ. އެއީ މުޙައްމަދު ޙަސަން ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ ޒުވާނެއް ކަމުގައިވެސް ކުޅުދުއްފުށިން މައުލޫމާތު ދިން ބައެއް މީހުން ބުނެފައި ވެއެވެ.
10 Sep 2024
ޚަބަރު
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު ޒަޚަމްވެފައި އޮތް ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުުހުން އެގެއަށް ގޮސް އެއަަންހެންމީހާ އެރަށު ސިއްޙީމަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެމަރުކަޒުން އެމީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
09 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އާއްމު ޓްރެފިކަށް ބަންދުކޮށްފި
ސޯސަން މަގު ދެކުނަށް ގޮސް ނިމޭކޮޅު، ބޮޑު ރަސްގެފާނު މަގާއި ގުޅުނު ހިސާބުން ދެކުނަށް ބަންދުކޮށްފައި ވާއިރު، ދޫހިމެރިމަގު، ކޮއިމަލާ ހިނގުމާއި ގުޅުނު ހިސާބުން އިރަށް، ކާސިންޖީ މަގާއި، ކަލާފާނު ހިނގުން ގުޅޭ ޖަންކްޝަނާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.
09 Sep 2024
ޚަބަރު
މިއަދު އަލިފާނުގެ ހާދިސާާ ހިނގި ގޭގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
09 Sep 2024
ޚަބަރު
އެމްޓީސީސީގެ ބޮޑު ދެ ދެބަސް އެކްސިޑެންޓް ވެއްޖެ
09 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި އެކު ފުލުހުން މަގުތަކުގައި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
09 Sep 2024
ޚަބަރު
ބަރަހަނާ ފޮޓޯއާ އާއި ވީޑިއޯތައް ޝެއާކުރި ޓެލެގްރާމް ޗެނަލްތަކަށް 34000 ވުރެ ގިނަ މީހުން ވަދެ ތިބި: ފުލުހުން
މި ޓެލެގްރާމް ޗެނަލްތައް ހިންގުމުގެ ތުހުމަތުގައި ފުލުހުން ވަނީ، 3 މީހުން ހައްޔަރުކޮށްފައެވެ. އަދި އެ ތަކެތި ބޭނުންކޮށްގެން އެމީހުން 2 މިލިޔަނެއްހާ ރުފޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
09 Sep 2024
ޚަބަރު
މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި ޒަޚަމްތަކާއި އެކު އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޒަޚަމްވެފައި އޮއްވައި ފެނުނު މީހާއަކީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފެނިފައި ވަނީ މާފަންނުގައި ހުންނަ ގެސްޓް ހައުސެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށާއި މިހާރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
09 Sep 2024
ޚަބަރު
ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން އެކަން ފުލުހުންނާއި ޙިއްޞާކުރުމަށް އެދިއްޖެ
ޓެލެގްރާމް ޗެނަލްތައް ހަދައިގެން، އެ ޗެނަލްތަކުގައި، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އާއްމުކޮށް އެއިން މާލީ މަންފާ ހޯދަމުން ދިޔަ ބައެއްގެ މައުލޫމާތު މިއަދު ފުލުހުން ވަނީ އާއްމުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ވަނީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ހުއްޓުވާފައިވާ ކަން ހާމަކޮށްފައެވެ.
09 Sep 2024
ޚަބަރު
ބަރަހަނާ ފޮޓޯއާއި ވީޑީއޯ ޝެއާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި 3 މީހުން ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ) ކަމަށެވެ.
09 Sep 2024
ޚަބަރު
ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކު ހޯދައި ފިޔަވަޅުއަޅައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު، ގަވައިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާކަމަށެވެ. މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
08 Sep 2024
ޚަބަރު
ގާތްގާތުގައި ހިނގި ބޮޑު ދެ އެކްސިޑެންޓްގައި ދެމީހުން މަރުވުމުން ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހުން ނުކުމެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
08 Sep 2024
ޚަބަރު
ޕޯސްޓްމޯޓަމް ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް މިރޭ ވަޅުލަނީ!
އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ އަޠުހަރު ހައްޔަރުކުރީ އޭނާ ލޯބީގެ ގޮތުންގުޅިގެން އުޅުނު އަންހެންމީހާ ހިފަހައްޓައި ރަހީނުކޮށް އޭނާ މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށެވެ. އަޠުހަރުގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލުގައި ފުލުހަކު ވަރަށް ބާރަށް މުގުރަކުން ޖަހައި އޭނާ ވައްޓާލިއެވެ. އެހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބި އަޠުހަރަށް ވަނީ އޭޑިކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައިވެސް އެޑްމިޓްކޮށް ފަރުވާދީފައެވެ.
08 Sep 2024
ޚަބަރު
ފުލުހުންގެ ދުވަހާއި ގުޅުވައިގެން ފުލުހުންގެ އުޅަނދުތަކާއި ވަޞީލަތްތައް އާއްމުންނަށް ދައްކާލައިފި
2024 ސެޕްޓެމްބަރު 1 ގައިދިވެހި ފުލުހުންގެ ޚިދުމަތް، ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސައި، މަދަނީ ޚިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ފުލުހުން އަންނަނީ ހިންގަމުންނެވެ.
07 Sep 2024
ޚަބަރު
މިއަދާއި މިރޭވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައިފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ހެދުނު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޖީއެން ސައިކަލާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު ހެނދުނު 6:50 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުންނަ މިސްކިތް ކައިރީގައެވެ. މިހާދިސާގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
06 Sep 2024
ޚަބަރު
ސަމާޙްގެ ޖަނާޒާ ބާއްވައި ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފި
ސަމާޙްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިރޭގެ މަޣުރިބު ނަމާދަށްފަހުގައި މަސްޖިދުއް ޒައިދުބިން ޘާބިތުގައެވެ. ކަށުނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.