Advertisement

10 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު ޒަޚަމްވެފައި އޮތް ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުުހުން އެގެއަށް ގޮސް އެއަަންހެންމީހާ އެރަށު ސިއްޙީމަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެމަރުކަޒުން އެމީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވި މީހާއަކީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މަރުގެ އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އެރަށުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ. އަންހެންމީހާގެ ކަރު ވަރަށް ބޮޑަށް ޒަޚަމްވެފައި ހުރި އިރު އޭނާ ޒަޚަމްވެފައި އޮތް ތަނުގެ ކައިރިން ވަޅިއެއް ފެނުނު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.