Advertisement

ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) --

08 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޕޯސްޓްމޯޓަމް ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް މިރޭ ވަޅުލަނީ!

 އަންހެނަކު ރަހީނުކޮށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި، އާދަމް އަޠުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް މިރޭ ވަޅުލުމަށް ނިންމައިފިއެވެ.

އާއިލާގެ ފަރާތުން ހާމަަކޮށްފައިވާ ގޮތުގައި އަޠުހަރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިރޭގެ، 22:00 ގައި ހުޅުމާލެ ސަހަރާގައެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ޖަނާޒާ މިރޭ ބޭއްވުމަށް ނިންމީ، މިއަދު ހަވީރު އާއިލާއަށް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދިނުމާއި ގުޅިގެންނެވެ. ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) މަރުވީ، މިސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ދޫނިދޫގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ތެރޭގައި ދަންޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަޠުހަރު ދަންޖެހިފައިހުއްޓައި ފެނުނީ، އޭނާ ދަންޖެހުނުތާ ބައިގަޑިއެއްހައި އިރު ފަހުން ކަމުގަައިވެސް ފުލުހުން ހާމަކުރި މައުލޫމާތުން އެނގިފައިވެއެވެ. އެހެންނަަމަވެސް އަޠުހަރު މަރުވީ ދަންޖެހިގެން ކަމުގައި ފުލުހުން ބުނާ ވާހަކަތައް ޤަބޫލުކުރުމަށް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.

އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ އަޠުހަރު ހައްޔަރުކުރީ އޭނާ ލޯބީގެ ގޮތުންގުޅިގެން އުޅުނު އަންހެންމީހާ ހިފަހައްޓައި ރަހީނުކޮށް އޭނާ މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށެވެ. އަޠުހަރުގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލުގައި ފުލުހަކު ވަރަށް ބާރަށް މުގުރަކުން ޖަހައި އޭނާ ވައްޓާލިއެވެ. އެހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބި އަޠުހަރަށް ވަނީ އޭޑިކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައިވެސް އެޑްމިޓްކޮށް ފަރުވާދީފައެވެ. 

އަޠުހަރު މަރުވުމުގައި ފުލުހުންގެ އިހުމާލުވުން އޮތްކަން ފުލުހުން މީޑިއާއަށް ހާމަކުރި މައުލޫމާތުންވެސް އެނގިފައިވެއެވެ. އަދި އެމައްސަލަ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންނާއި، ހިއުމަންރައިޓްސް ކޮމިޝަމް އޮފް ދި މޯލްޑުވްސްއިންވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.