Advertisement

ހައްޔަރުކުރި ދެމީހުން ---

14 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހިޔާ ފްލެޓަކުން އަންހެނަކު ސަލާމަތްކޮށް ދެފިރިހެނުން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރެއްގެ ފްލެޓެއްގެ ތެރޭގައި އެހީއަށް އެދި ގޮވި އަންހެނަކު ސަލާމަތްކޮށް، އެފްލެޓުގައި ތިބި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު ހިޔާ ފްލެޓެއްގައި އަންހެނަކު ރޯ އަޑާއި އެހީއަށް އެދި ގޮވާއަޑު އިވިގެން ފުލުހުން އެ އެޕާޓްމަންޓަށް ދިޔަކަމަށެވެ. އަދި ފުރަތަމަ ފަހަރު ދޮރުހުޅުވުމަށްފަހު، ކަމެއް ނުހިނގާ ކަމަށް ބުނެ ފިރިހެނަކު ދޮރުލައްޕައި ތަޅުލި ކަމަށާއި އެހެން ނަމަވެސް އަންހެންމީހާ ރޯ އަޑާއި އެހީއަށް އެދި ގޮވާއަޑު އަނެއްކާވެސް އިވޭތީ، ފުލުހުން ދޮރުހުޅުވަން އެނގުމުން ދޮރު ނުހުޅުވި ކަމަށެވެ. އެހެންވެ ފުލުހުން އެ އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އެޕާޓްމަންޓްގައި ހިނގަމުން ދިޔަ ކަންކަން ބަލައި، އަންހެންމީހާ ސަލާމަތްކޮށް، ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މއ. ތްރީ މޫންސް، މުޙައްމަދު މުމީތު (39އ) އާއި، ހ.ލާމިޔާ އަޙްމަދު އުވައިސް (20އ) ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ބަލަމުންގެންދާ ކަމަށެވެ.

ކޮމެންޓް
އަމާން
ގަބޫލު ކުރިޔަސް .....ނުކުރިޔަސް.......މިކޮމެންޓް ޖެއްސަސް ނުޖެއްސަސް....ޙައްލަކީ ޢުމަރު........ކުރާނެ....ކެރޭނެ.....ހިތްވަރު ހުންނާނެ
14 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.