Advertisement

ފުލުހުން މަގުތަކުގައި -- ފޮޓޯ: ފުުލުހުން

08 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ގާތްގާތުގައި ހިނގި ބޮޑު ދެ އެކްސިޑެންޓްގައި ދެމީހުން މަރުވުމުން ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހުން ނުކުމެއްޖެ

މިނިމުނު ހަފްތާގައި މާލެ ސަރަހައްދުގައި ހިނގި ބޮޑު ދެ އެކްސިޑެންޓެއްގައި ގާތްގާތުގައި ދެމީހަކު ނިޔާވުމުން، މަގުތަކުގެ ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހުން ނެރެ އޮޕަރޭޝަންތައް ފަށައިފިއެވެ.

މިގޮތުން ފުލުހުން މިރޭ ވަނީ މާލޭގެ ސަރަހައްދުތަކާއި ހުޅުމާލޭގެ ސަރަހައްދުތަކުގައި އިތުރު ޗެކްޕޮއިންޓްތައް ޖަހައި ވެހިކަލްތައް ޗެކް ކުރަން ފަށާފައެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ،  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި އެއްގަމު އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކަން ޔަގީން ކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި 23 އަހަރުގެ ޒުވާނަކު ނިޔާވި އިރު، ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ ޒުވާނަކު މިއަދު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން މިއަދުވެސް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ބޮޑު އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.