Advertisement

ހުޅުމާލޭގައި ކުރިން ހިގާފައިވާ އެކްސިޑެންޓެއް -- ފޮޓޯ: ސޯޝަލް މީޑިއާ --

07 Sep 2024
ޚަބަރު

މިއަދާއި މިރޭވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައިފި

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެފައި ވާއިރު މިއަދާއި މިރޭވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ހެދުނު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޖީއެން ސައިކަލާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު ހެނދުނު 6:50 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުންނަ މިސްކިތް ކައިރީގައެވެ. މިހާދިސާގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން މިރޭވެސް ހައިވޭ އާއި ގުޅޭ ހުޅުމާލެ ދެކުނު ފަރާތު ބޭރު މަގުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ، ވިލާ ޕެޓްރޯލްޝެޑް ކައިރީގައި މިއެކްސިޑެންޓް ހިނގާފައި ވަނީ މިރޭގެ 8:30 ހާއިރުގައެވެ.

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ މިހާރު އާއްމު ކަމަކަށް ވެފައިވާ ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.