Advertisement

ފުލުހުންގެ އިދާރާ ---

11 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު މިހާގެ ހަށިގަނޑު މާލެ ގެނެސްފި

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު އަންހެންމީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައީ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުގެ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެމައްސަލަ ބަލަމުންދާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނު މީހަކީ، ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކެވެ. އޭނާގެ މަރުވެފައި އޮތް އިރު އޭނާގެ ކަރަށް ތޫނުއެއްޗަކުން ޒަޚަމްތަކެއް ލިބިފައިވެއެވެ. އޭނާ މަރުވީ އަމިއްލައަށްތޯ، ނުވަތަ މީހަކު އޭނާ މަރާލީތޯ ވަނީ ސުވާލު އުފެދިފައެވެ.

އެރަށުން މައުލޫމާތު ދިން ގޮތުގައި ޒަކިއްޔާގެ ނަފްސާނީބަލީގެ ހާލަތު މިފަހަކުން ގޯސްވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.