Advertisement

14 Sep 2024
ޚަބަރު

ވެލިދޫގެ ގޭގެ ބަލާފާސްކޮށް 1.5 ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެތި ހޯދައިފި

މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ނ. ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ގޭގެއިން 1.5 ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ހޯދުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1547.44 ގްރާމް ހުރިކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަނުގައި އެ ރަށުން 7 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެތަނުން އެކަކު ކޯޓުން ދޫކޮށްލާފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. "ނޫން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން ދޫކޮށްލާފައިވަނީ ދުވަސްވީ އަންހެނެކެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ 6 ފިރިހެނުންނެވެ. އެއީ އަޙްމަދު މުރުޝިދު (35 އަހަރު) އާއި ޢަބްދުﷲ ނިޝާދު (26 އަހަރު) އާއި އަޙްމަދު އަޞީމް (26 އަހަރު) އާއި އަޙްމަދު ނައުޝާދު ( 28އަހަރު) އާއި ޢަލީ ރަޝީދު (30 އަހަރު) އަދި މުޙައްމަދު މާޢިދު (28 އަހަރު)އެވެ.

މިމީހުންގެ ތެރެއިން 8 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދެވެ. އަދި ޢަބްދުﷲ ނިޝާދު އާއި އަޙްމަދު އަޞީމް އާއި އަޙްމަދު ނައުޝާދު އާއި ޢަލީ ރަޝީދު އަދި މުޙައްމަދު މާޢިދު ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ 5 ދުވަހަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.