Advertisement

ޓެލެގްރާމް ގުރޫޕްތައް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ---

09 Sep 2024
ޚަބަރު

ބަރަހަނާ ފޮޓޯއާ އާއި ވީޑިއޯތައް ޝެއާކުރި ޓެލެގްރާމް ޗެނަލްތަކަށް 34000 ވުރެ ގިނަ މީހުން ވަދެ ތިބި: ފުލުހުން

ބަރަހަނާ ފޮޓޯއާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލްތަކަށް ތިރީސް ހަތަރުހާހަށްވުރެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުުލުހުންގެ އިދާރާއިން ކުރިން ވިދާޅުވީ ރޭ ، ހިފަަހައްޓައި ހުއްޓުވި ޓެެލެގްރާމް ޗެނަލްތަކަށް، ސަބްސްކްރައިބްކޮށްފައި ވަނީ ތިންހާސް މީހުން ކަމުގައި ހާމަކުރެވިފައި ވަނީ އޮޅުމަކުން ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ ޓެލެގްރާމް ގުރޫޕްތަކަށް، ޖުމުލަ 34،680 މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އަދި މި ޗެނަލްތަކުގައި 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޓެލެގްރާމް ޗެނަލްތައް ހިންގުމުގެ ތުހުމަތުގައި ފުލުހުން ވަނީ، 3 މީހުން ހައްޔަރުކޮށްފައެވެ. އަދި އެ ތަކެތި ބޭނުންކޮށްގެން އެމީހުން 2 މިލިޔަނެއްހާ ރުފޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.