Advertisement

މަގު ބަންދު ކުރި ސަރަހައްދު --

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އާއްމު ޓްރެފިކަށް ބަންދުކޮށްފި

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން، އެސަރަހައްދު އާއްމު ޓްރެފިކަށް ބަންދުކޮށްފިއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހ. ދޫހިމެރިގެ ހިމެނޭ ސަރަހައްދު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ. މިގޮތުން ސޯސަން މަގު ދެކުނަށް ގޮސް ނިމޭކޮޅު، ބޮޑު ރަސްގެފާނު މަގާއި ގުޅުނު ހިސާބުން ދެކުނަށް ބަންދުކޮށްފައި ވާއިރު، ދޫހިމެރިމަގު، ކޮއިމަލާ ހިނގުމާއި ގުޅުނު ހިސާބުން އިރަށް، ކާސިންޖީ މަގާއި، ކަލާފާނު ހިނގުން ގުޅޭ ޖަންކްޝަނާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި އެސަރަހައްދަށް އާއްމު ޓްރެފިކަށް ބަންދުކޮށް އެއްގަމު އުޅަނދުފަހަރު ވަނުން މަނާކޮށްފައި ވާއިރު، މިރޭވެސް އެގޭގައި ވަނީ ދެވަނަ ފަހަރަށް ރޯވެފައެވެ. އެހެން ނަމަވެސް ރޯވި އަލިފާން ފެތުރެމުން ނުދާކަމަށާއި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.