Advertisement

މަސްވެރިޔާ ޢަލީ ސާޖިދު --

01 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސާޖިދުގެ ބަންދަށް 7 ދުވަސް ޖަހައިފި

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި, ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނަ ސޯޝަލްމީޑިއާ އެކްޓިވިސްޓް، އަދި މަސްވެރިޔާ ޢަލީ ސާޖިދުގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގއ. ވިލިގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް، ވިލިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާއަކީ އުމުރުން 46 އަހަރުގެ އަންހެނެކެވެ. އޭނާއަށް ވިލިގިލީގައި ހުންނަ، ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެރޭ ވަނީ ދޫކޮށްލާފައެވެ. މި މާރާމާރީ ހިނގާފައި ވަނީ، ޖޫން 29 ވަނަ ދުވަހުގެ ރޭގައެވެ.

މިމައްސަލައިގައި ހައްޔަރު ކުރި މީހާއަކީ، ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން އަންނަ ސޯޝަލްމީޑިއާ އެކްޓިވިސްޓް، އަދި މަސްވެރިޔާ ޢަލީ ސާޖިދުކަމުގައި ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ތުހުމަތުގައި ހައްޔަރު ކުރި މީހާއަކީ، ޢަލީ ސާޖިދުކަން އެހެން މަސްދަރުތަކުން ވަނީ ޔަޤީން ކުރެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.