Advertisement

މާފުށީ ޖަލު ---

29 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފައިސާއަށް މަސްތުވާތަކެއްޗާއި ފޯނުފަދަ މަނާތަކެތި ޖަލަށް ވައްދައިދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖަލު އޮފިސަރުންގެ 11 މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެމައްސަލައިގައި މިހާތަނަށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހެއް ފިޔަވައި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ. އަނެއް ދެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ދީފައި ވަނީ 5 ދުވަހުގެ މުއްދަތެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

އިއްޔެ މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަލުން ބައެއް މީހުން ހައްޔަރުކުރި އިތުރު ދެމީހުން ހައްޔަރު ކުރީ، ކ. ކާށީދޫ އިންނެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްޞާން ވިދާޅުވީ، ފައިސާއަށްް ޖަލަށް މަނާތަކެތި ވައްދައިދިން 18 އޮފިސަރަކު ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެެއިން 6 އޮފިސަރުންނަކީ، މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތުން ވަކިވެފައިވާ އޮފިސަރުން ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިޙްޞާން ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން، އެ 18 އޮފިސަރުންގެ ބޭންކް އެކައުންޓަށް 73.3 މިލިޔަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އަދި އެއް އޮފިސަރެއްގެ އެކައުންޓަށް 24 މިލިޔަން ރުފިޔާ ޖަމާވެފައި ހުރިކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.