Advertisement

ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓް ސަރަހައްދު --

22 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ހައިވޭ މަތިން ސައިކަލު ކަހާލައިގެން ވެއްޓި ސްރީލަންކާ މީހަކު މަރުވެއްޖެ

ހުޅުމާލެ އާއި ސިނަމާލެ ބުރިޖު ގުޅުވައިދޭ ހައިވޭ މަތިން ސައިކަލެއް ކަހާލައިގެން ވެއްޓި ސްރީލަންކާގެ ރައްޔިތަކު މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސައިކަލް ކަހާލައިގެން ވެއްޓުމުގެ ހާދިސާގައި މަރުވެފައި ވަނީ، ސައިކަލު ދުއްވި ސްރީލަންކާގެ ފިރިހެނެއްކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ މަރުވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައި، އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ސައިކަލު ކަހާލައިގެން ވެއްޓުމުގެ ހާދިސާ ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބުނީ، އިއްޔެ ހެނދުނު 6:40 ހާއިރުގައި ކަމަށެވެ. އަދި ސައިކަލު ކަހާލައިގެން ގޮސް ވެއްޓި އެމީހާ ޖެހިފައިވަނީ، ހައިވޭގެ ފެންސުގައި ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.