Advertisement

ލ. ދަނބިދޫ --

29 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އުމުރުން ދުވަސްވީ އަންހެނަކު ދަނބިދޫ މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ހައްދުންމަތީ ދަނބިދޫގައި އުމުރުން ދުވަސްވީ އަންހެނަކު މޫދުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މަރުވެފައި އޮއްވައި ފެނުނީ، އެރަށު ނިޔަދުރުމާގޭ އައިމިނަތު އުމަރު (65އ) ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:55 ހާއިރުގައި ކަމަށާއި، އަންހެން މީހާ ފެނިފައި ވަނީ ދަނބިދޫ އިރުމަތީ ފަރާތުން ކޯޒްވޭ ސަރަހައްދުން މޫދުތެރެއިން އޮޔާ ދަނިކޮށް ކަމަށެވެ. އަދި އެއަންހެންމީހާ ދަނބިދޫ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، ޞިއްޙީމަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މަރުގެ މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެއިދާރާއިން ބަލަމުން ގެންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.