Advertisement

ގދ. ފިޔޯރީ --

23 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފިޔޯރީން ގެއްލިގެން ހޯދަނިކޮށް ފެނުނު ކުޑަކުއްޖާގެ އިތުރު ޓެސްޓްތައް ހަދަނީ

ގދ. ފިޔޯރީން ގެއްލިގެން އިއްޔެ ހޯދަމުން ދަނިކޮށް ފެނުނު ކުޑަ އަންހެންކުއްޖާގެ އިތުރު ޓެސްޓްތަކެއް ހެދުމަށް، ގދ. ތިނަދޫގައި ހުންނަ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކުއްޖާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ، ކުއްޖާ ފެނުނީ ގެއްލުނުތާ ގިނައިރުތަކެއް ފަހުން ކަމުގައިވާތީ، ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި ފިޔޯރީން ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދެއްވާފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. 

އިއްޔެ ގދ. ފިޔޯރީން ގެއްލުނު ކުޑަކުއްޖާ އަކީ، އުމުރުން 8 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުޑަކުއްޖާ އާއިލާއަށް ގެއްލުނީ އިއްޔެ ހަވީރު 17:35 ހާއިރުން ފެށިގެން ކަމަށާއި އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 19:08 ގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކުޑަކުއްޖާ ފެނިފައި ވަނީ ރޭ މެންދަންވުމާއި ގާތްވެފައި ވަނިކޮށް، ކުއްޖާ ދިރިއުޅޭ ގެއާއި މާދުރުނޫން ގެއެއްގެ ގޯތި ތެރޭގައި ވެއްޓިފައި އޮއްވައި ކަމުގައި އެރަށުގެ ޚަބަރުތައް ގެނެސްދޭ ބައެއް ސޯޝަލްމީޑިއާ އެކައުންޓްތަކުގެ ރިޕޯޓްކޮށްފައިވެއެވެ. އެހެން ނަމަވެސް ކުއްޖާ ފެނުނު ގަޑިއާ ފެނުނުތަން ފުލުހުން ހާމަކުރައްވާފައެއް ނުވެެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ކުއްޖާ ފެނުނު އިރު އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.