Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

08 Nov 2024
ޚަބަރު

ގޭންގުތަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓަރ

ގޭންގުތަކާއި ދެކޮޅަށް އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން އެމީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ފަހުގައި، ރާއްޖޭގެ މީޑިއާތަކަށް ދެއްި ބަސްދީ ގަތުމުގައެވެ. 

މިނިސްޓަރ އިހްސާން ވިދާޅުވީ، ކުށުގެ މިފަދަ ޢަމަލުތައް ހިންގަމުން އަންނަނީ ތަންތަން ކުއްޔަށް ނަގައިގެން ކަމަށާއި، އެގޮތުން ބައެއް ތަންތަނަކީ އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުން އަންނަ ތަންތަން، ކަމަށް ވުމާއިއެކު އެކަމާއި ގުޅިގެންވެސް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މިގޮތުން އެފަދަ ތަންތަނުގެ ވެރިންނާއި މެދުވެސް ފިޔަވަޅު އަޅުއްވައި އެފަދަ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތެއް އޮތްނަމަ އެކަންވެސް ކުރައްވާނެ ކަމުގައި މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުން ދިވެހިރާއްޖޭގެ ފުލުހުންނަކީ، ތިޔަ ބޭފުޅުންގެ ޚިދުމަތުގައި 24 ގަޑިއިރު، ތިއްބަވާނެ ފުލުހުން. ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަކީ އެފުލުހުންގެ އެންމެ ބޮޑު އަމާޒު. އަޅުގަނޑުމެން ކަށަވަރު ކުރާނަން ދިވެހި ރައްޔިތުންގެ ރައްކާތެރިކަން. އިރާދަކުރައްވިއްޔާ ރައީސް މުޢިއްޒުގެ މި ޒަޢާމަތުގައި، މިމައްސަލަތަކަށް އަޅުގަނޑުމެން ދާޢިމީ ޙައްލެއް ގެންނާނަން."

ހޯމް މިނިސްޓަރ ޢަލީ އިޙްސާން--

ރޭ ހިޔާގެ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުުލުހުން ސަލާމަތް ކުރި އިރު، އެ އެޕާޓްމަންޓަކީ، މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން ފުލުހުން ރެއިޑް ޖަހަމުން އަންނަ އެޕާޓްމަންޓެކެވެ. ހޯމްމިނިސްޓަރ ޢަލީ އިޙްސާނު ވިދާޅުވީ، ހިޔާގެ ބައެއް އެޕާޓްމަންޓްތައް ކުއްޔަށް ނަގައިގެން ބައެއް ފަރާތްތަކުން ކުށުގެ އަމަލުތައް ހިންގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.