Advertisement

ފުލުހުންގެ އިދާރާ --

10 Jan 2025
ޚަބަރު

ލޯންޗަކުން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

މޫދުގައި އޮތް ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އދ. ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާއަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޔާވެފައިވާ ކަމަށެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:00 ހާއިރުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާދިސާގައި މަރުވެފައި ވަނީ، އާޖެންޓީނާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މަރުގެ މިމައްސަލަ ބަލައި ތަހްޤިޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ދިޔަ މަހުވެސް މިފަދަ ހާދިސާއެއްގައި ސިންގަޕޫރުގެ ކިޔަވާކުއްޖަކު ރާއްޖޭގައި މަރުވިއެވެ. އެކުއްޖާ މަރުވީ ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.