Advertisement

އައްޑޫ ސިޓީ ހަންކެނޑެ ކޯޒުވޭ --

09 Nov 2024
ޚަބަރު

އައްޑޫ ޒުވާނެއްގެ މަރާއި ގުޅިގެން ސުވާލުތަކެއް އުފެދިއްޖެ

އައްޑޫ ހަންކެޑެ ކޯޒުވޭގައި މަރުވެފައި ވަނިކޮށް މިއަދު ފެނުނު ޒުވާނާގެ މަރާއި ގުޅިގެން ސުވާލުތަކެއް އުފައްދައިފިއެވެ.

އައްޑޫ ސިޓީ ހަންކެނޑެ ބުރިޖުގައި ވާގަނޑެއް އައްސައި ދަންޖެހި މަރުވެފައި ހުރި ޒުވާނަކު މިއަދު ވަނީ ފެނިފައެވެ. އެއީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ މަރާއި ގުޅިގެން އެއީ ބަޔަކު ރާވައިގެން މަރާލާފައިވާ ޒުވާނެއް ކަމަށާއި އެއީ އަމިއްލަ މަރެއް ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ސުވާލުތައް އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މަރުގެ އެމައްސަލައިގައި އައްޑޫގެ ދާއިރާއެއް ތަމްސީލު ކުރާ މަޖިލިސް މެމްބަރަކާއި ގުޅުން އޮންނަ ފަރާތްތަކަށްވެސް ތުހުމަތުތަކެއްކޮށްފައިވެއެވެ. އަދި މަރުވި ޒުވާނާއަކީ، މީގެ ކުރިން ހިނގާފައިވާ މާރާމާރީއަކާގުޅޭ މައްސަލައެއްގެ ސިއްރު ހެކިވެރިއެއް ކަމަށާއި އެހެން ނަމަވެސް އެޒުވާނާގެ ނަން ތުހުމަތުކުރެވޭ ގުރޫޕްގެ މީހުންނަށް އެނގުނީ ޤާޟީގެ އިހުމާލުންކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެހެންނަމަވެސް ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުގެ އެމައްސަަލައިގައި ކުރާ އެ ތުހުމަތުތަކަކީ ދޮގެއް ކަމަށެވެ. ނަމަވެސް މަރުގެ އެމައްސަައަކީ، އަމިއްލަ މަރެއްތޯ، ނުވަތަ ބަޔަކު އެ ޒުވާނާ މަރާލީ ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ފެންނަން ހުރިތޯ ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދެއްވައެވެ.  

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވެފައިވާ އެ ޒުވާނާ އަކީ، އެއްވެސް މައްސަލައެއްގެ ހެކިވެރިއެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫންކަމަށާއި، އަދި ތުހުމަތު ކުރެވޭ މައްސަލައެއްވެސް އޮތް މީހެއް ނޫންކަމަށެވެ.

މީގެ އިތުރުން ނިޔާވި ޒުވާނާ އާއި ގުޅޭ ގޮތުން، އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުގެ އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންގެންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.