Advertisement

ފުލުހުންގެ އިދާރާ --

30 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް އޮފީސް ހުންނަ މަގުގެ އިމާރާތްތަަކަކަށް ގެއްލުންދީ ވައްކަންކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ދެކުނު ފަރާތުން އޮންނަ އޮންނަ، އަމީރު އަހުމަދު މަގުގައި ހުރި އިމާރާތްތަކަކަށް ގެއްލުންދީ ވައްކަންކޮށްފިއެވެ.

އަމީރު އަހުމަދު މަގަކީ، ރާއްޖޭގެ އެންމެ ސަލާމަތީ ފިޔަވަޅުަތައް ވަރުަގަދަކޮށްފައިވާ އިމާރާތްތައް ހުންނަ މަގެވެ. އޭގެ ތެރޭގައި ސިފައިންގެ މައި މަރުކަޒާއި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ އާއި ވެލާނާގޭ އޮފީސް ޢިމާރާތް ހިމެނެއެވެ. އަދި އެއީ ކުރިން އިންޑިއާ އެމްބަސީ ހިންގި، ހ. އަތިރީގެ ވެސް ހުންނަ މަގެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ނާދީ އާއި، ހޮޓެލް ޖެން އާއި، މޯލްޑިވްސް ކޮމާޝަލް ބޭންކުވެސް ހުންނަނީ އެ މަގުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ އެމަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި، ގެއްލުންދީ ވައްކަންކޮށްފައި ވަނީ ކޮން އިމާރާތްތަކަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.