Advertisement

ސޯޝަލްމީޑިއާގައި އާމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

29 Aug 2024
ޚަބަރު

ރަހީނުކޮށްގެން ގެންގުޅުނު އަންހެންމީހާ ސަލާމަތްކޮށް އައިޖީއެމްއެޗުގައި ފަރުވާދެނީ

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށް ހިފަހައްޓައިގެން ގެންގުޅުނު އަންހެމީހާ ސަލާމަތްކޮށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެމީހާ ރަހީނުކޮށްގެން އުޅުނު ފިރިހެންމީހާގެ، އަތްދަށުން އަންހެންމީހާ ސަލާަމަތް ކުރަން ބާރުގެ ބޭނުން ކުރުމުން އެމީހާއަށް އަނިޔާވެފައިވާތީ، އޭޑިކޭ ހޮސްޕިޓަލަށް އެމީހާ ގެންގޮސްފަރުވާދެމުންދާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެ އެއްގެ ތެރޭގައި އަންހެނަކު ބަންދުކޮށްގެން ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން އެގެއަށް ދިޔުމުން، ފުލުހުން އަންހެން މީހާ ސަލާމަތް ކުރަން އުޅެފިނަމަ ވަޅިހަރައި މަރާލާނެ ކަމަށް ބުނެ، އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައި ހިފަހައްޓައިގެން އޭނާ އަންހެންމީހާ ގެންގުޅުނު ކަމަށެވެ. އަދި އަންހެންމީހާ މަގުމައްޗަށް ނެރުމަށްފަހުވެސް އަނިޔާކޮށްފައިވާ ކަމަށާއި، އޭގެ ފަހުން އަންހެންމީހާ ގޭތެރެއަށް ވެއްދުމަށްފަހުވެސް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އަންހެންމީހާގެ ކަރުގައި ވަޅިޖައްސައި ބިރުދައްކައިގެން ސައިކަލެއްގައި އެސަރަހައްދުން ފިލައިގެންދާން އޭނާ މަސައްކަތްކޮށްފައިވެއެވެ.

ފުލުހުން އޭނާގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރަން ފުރަގަހުން ގޮސް އޭނާގެ ބޮލުގައި މުގުރުން ޖަހާ މަންޒަރު ފެނެއެވެ. އެއާއެކު އެކު އޭނާ އަންހެންމީހާއަށް ހަމަލާދޭން އުޅުނު މަންޒަރުވެސް ފެނެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އަންހެން މީހާގެ ހާލު ގޯސް ނޫންކަމަށެެވެ. އަދި މިހާދިސާ ފުލުހުން ތަޙްޤިޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.