Advertisement

ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ---

02 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަޠުހަރު މަރުވާން އުޅުނު ހާދިސާގެ ބައެއް މައުލޫމާތު ފުލުހުން ހާމަކޮށްފި

އަންހެނަކު ރަހީނުކޮށް، މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރި، އަޠުހަރު ޖަލުގޮޅީގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރީ، ސޯޓެއްގެ ނާޑުވާއެއް ބޭނުންކޮށްގެން ކަމުގައި ހޮސްޕިޓަލާއި ހަވާލާދީ ބައެއް މީހުން ބުނެފިއެވެ.

ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފުވެސް ވަނީ، އެމައުލޫމާތާއި ގުޅިގެން ދޫނިދޫ ކަސްޓޯޑިއަލްއަށް، ނާޑުވާ ހުންނަ ތަކެތި ވެއްދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ޖަލުގޮޅީގައި އަޠުހަރު ބަންދުކުރި އިރު، އޭނާގެ ޞިއްޙީ އަދި ނަފްސާނީ ޙާލަތަށް ބަލާފައިވޭތޯ އާއި، ޖަލު ގޮޅީގައި އޭނާ ހުރި އިރު މޮނީޓަރކުރަމުން ދިޔަ ގޮތާއި ގުޅޭ ގޮތުންވެސް ސުވާލުއުފައްދަވާފައިވެއެވެެ.

އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ސަބަބުން އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ވެންޓިލޭޓަރުގައި އޭނާ އޮތް އިރު އޭނާގެ ހާލަތު ނާޒުކުކަމަށް ފުލުހުންވެސް ވަނީ ވިދާޅިވެފައެވެ.

އެހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން އާއމުކުރި މައުލޫމާތުގައި ބުނެފައި ވަނީ، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ދޫނިދޫގައި އޭނާ ބަންދުކޮށްފައި ހުރި، ޖަލުގޮޅި ތެރޭގައި ދަންޖެހިފައި ހުއްޓައި ފެނުނީ، ރޭގެ 19:02 ގައި ކަމަށެެވެ. އަދިދޫނިދޫ ކުލިނިކްގައި އޭނާއަށް ފަރުވާ ދިނުމަށްފަހުގައި، ރޭ 19:25ގައި އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފެށުނު ކަމުގައި ފުލުހުން ހާމަކުރައްވާފައި ވެއެވެ. އެހެން ނަމަވެސް އަޠުހަރު ފެނުނީ، ދަންޖެހުނުތާ ކިހާ އިރެއް ފަހުން ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. 

އަޠުހަރު ޖަލުގައި ބަންދުކުރީ، އޭނާ އަންހެނަކު ހިފަހައްޓައި، ރަހީނުކޮށް އެމީހާ މަރާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް ހައްޔަރުކުރުމަށް ފަހުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަންހެންމީހާ ސަލާމަތް ކުރަން، ފުލުން އަޠުހަރުގެ ބޮލަށް މުގުރަކުން ހަމަލާދިނުމުގެ ސަބަބުން، އޭނާއަށްވެސް އަނިޔާ ވިއެވެ. އަދި އެ ޒަޚަމަތްތަކަށް އޭނާއަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަރުވާ ދިނެވެ، ޝަރީއަތް ނިމެންދެން އޭނާގެ ބަންދުކުރީވެސް އޭނާގެ ޣައިރު ހާޟިރުގައެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން އަޠުހަރު ކޯޓަށް ނުގެންގޮސް، ޣައިރު ހާޟިރުގައި ބަންދުގެ މުއްދަތު ޖަހައިދިނުމަށް ފުލުހުން އެދުނީ ކޮންކަމަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.