Advertisement

ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) --

05 Sep 2024
ޚަބަރު

އަޠުހަރުގެ ހަށިގަނޑު އޮޓޮޕްސީހަދަން އިންޑިއާއަށް ފޮނުވައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ދަންޖެހިގެން މަރުވިކަމަށް ބުނާ، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ)ގެ މަރުގ ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.

އަޠުހަރު މަރުވީ މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހަވީރުގައެވެ. އޭނާ މަރުވީ، ދޫނިދޫގައި އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ތެރޭގައި ދަންޖެހުމުގެ ސަަބަބުން ފަރުވާ ދިނުމަށް އައިޖިއެމްއެޗް ހޮސްޕިޓަަލަށް ގެނެސްފައި ވަނިކޮށެވެ. 

ފުލުހުން އަތުހަރު ހައްޔަރުކުރީ، އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ހިފަހައްޓައި ރަހީނުކޮށްގެން އުޅެނިކޮށް، އޭނާގެ އަތްދަށުން އެއަންހެންމީހާ ސަލާމަތްކުރުމަށްފަހުގައެވެ. އޭނާގެ އަތްދަށުން އަންހެންމީހާ ސަލާމަތްކުރުމަށް، ފުލުހުންގެ މުގުރަކުން ފުލުހަކު އަޠުހަރުގެ ބޮލުގައި ޖެހުމުގެ ސަބަބުން، އަޠުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. އެހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު، އޭނާ ދޫނިދޫއަށް ގެންގޮސް ދޫނިދޫ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި ދަންޖެހުނުކަމަށް ފުލުހުން ހާމަކުރީ، މިމަހުގެ އެއްވަނަ ދުވަހުގެ ރޭ 19:40 އިރުގައެވެ. 

ފުލުހުން ފަހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގުނު ގޮތުގައި އަތުހަރު ދަންޖެހި ހަރަކާތެއްނެތި ގޮޅީތެރޭގައި އޮއްވައި ފެނިފައި ވަނީވެސް އޭނާ ދަންޖެހުނުތާ 30އަށް މިނިޓްވެސްވީ ފަހުންނެވެ.

އަޠުހަރު މަރުވާން ދިމާވި ހާދިސާ، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންނާއި، އެޗްއާރްސީއެމްއިން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.