Advertisement

ސަމާޙް މަރުވި އެކްސިޑެންޓް ހިނގި ކާރު ދުއްވި މީހާ --

06 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަމާހް މަރުވި އެކްސިޑެންޓް ހިނގި ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލާންސް ކޯޕްރަލް ހަސަން ސަމާޙް ދުއްވި ސައިކަލުގައި ރޭސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓްވި ހާދިސާގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

ރޭ ދަންވަރު 2:48 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ، ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ޞިދުޤީ (26އ) ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދިއޭނާ މިހާރު ހުރީ ހައްޔަރުކޮށްފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އޭނާއަކީ ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ރޭ ހިނގި އެ އެކްސިޑެންޓާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ސަމާޙް ވަނީ ނިޔާވެފައެވެ. ސަމާޙްގެ ޖަނާޒާ އޮންނާނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.