Advertisement

ރާއްޖެއިން ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާ --

27 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިން 80000 ވުރެ ގިނަ ޑޮލަރު ވަގަށް ބޭރު ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ލަގެޖުގައި 80000 ވުރެ ގިނަ ޑޮލަރު ފޮރުވައިގެން، ވަގަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބަނގުލަދޭޝް މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަގުރްއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވެނީ މަނީ ލޯންޑަރިންގެ ތުހުމަތުކަމަށާއި އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ 25 ވަނަ ދުވަހު، ބަންގްލާ އެއަރލައިންސް (BS338) އިން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81030 ޑޮލަރު ވަނީ އަތުލައިގެންފައެވެ. އަދި ހަމަ އެދުވަހު އޭނާ ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހަވާލުވެސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.