Advertisement

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ --- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

18 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ މިނިސްޓަރ ޑރ.އައިޝަތު ޢަލީ ދެކޮޅަށް އެޑިޔުކޭޝަން މިނިސްޓްރީން ހުށައެޅި މައްސަލައަށް ވީގޮތެއް ފުލުހުން ނުބުނި

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު ޢަލީއަށް، ރަސްމީ އަމިއްލަ ބޭނުންތަކުގައި ބޭނުން ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހަދައިދީފައި އޮތް، އީމެއިލްއަށް ލިބިފައި ހުރި އީމެއިލްތައް ޑިލީޓްކޮށްފައިވާ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްްޓްރީން ހުށައެޅި މައްސަލައާއި ގުޅޭ ގޮތުން ފުލުހުން ޖަވާބު ނުދީ ދޫކޮށްލައިފިއެވެ.

ހުސްވި ޖުލައި މަހުގެ 25 ވަނަ ދުވަހު، އެޑިޔުކޭޝަން މިނިސްޓްރީން އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި، ފުލުހުންގެ އިދާރާއިން ޖުލައި 29 ވަނަ ދުވަހު ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް އެމައްސަލައަށް މަހަކަށް ވުމަށް ގާތްވެފައި ވާއިރު، އެމައްސަލައިގައި ފުލުހުން މިހާތަނަށް ޢަމަލު ކުރި ގޮތެއް ހާމައެއް ނުކުރިއެވެ. އެމައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަކީ، ކޮބައިތޯ އަދި އެއީ ތަޙްޤީޤު ކުރެވިދާނެ މައްސަލައެއްތޯ ނޫންތޯ ކަނޑައަޅާފައިވޭތޯ، އޮގަސްޓް 4 ވަނަ ދުވަހު ނޫން.އެމްވީ އިން ފުލުހުންނާއި ސުވާލު ކުރި ނަމަވެސް 2 ހަފްތާވީ އިރުވެސް އެސުވާލަށް ފުލުހުން ޖަވާބު ދީފައެއް ނުވެއެވެ.

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީގެ ރަސްމީ (ޕަރސަނަލް) އީމެއިލްގައިވާ ހުރިހާ އީމެއިލެއް 2023 ވަނަ އަހަރު ޑިލީޓްކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށް، ބުނެ ފުލުހުން މައުުލޫމާތު އާއްމު ކުރުމުން، ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި ޑރ. އައިޝަތު ޢަލީއަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކޮށް އެކަމަނާގެ އަބުރުފުޅަށް ހުތުރުވާގޮތަށް ވާހަކަތައް ފަތުރާފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުން އައި މީޑިއާތަކުގައިވެސް އެމޭރުމުން ސުރުޚީތައް ޖަހައި ޚަބަރުތައް ފަތުރާފައިވެއެވެ.

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ، އީމެއިލްތައް ޑިލީޓް ކުރިކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައްސަލަ ހުށައެޅި އީމެއިލް އެކައުންޓަކީ، އެކަމަނާގެ ނަންޖަހައި، އެކަމަނާއަށް ޚާއްޞަކޮށް ރަސްމީ އަމިއްލަ ބޭނުންތަކަށް ދީފައި އޮތް އީމެއިލެކެވެ. [email protected] ގެ ނަމުގައި ހަދާފައިވާ އެ އެކައުންޓް އެކަމަނާ ވަޒީރުކަމުން ވަކިވެވަޑައިގެންނެވުމާއި އެކު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޑީއެކްޓިވޭޓްވެސްކޮށްފައެވެ. ނަމަވެސް ޑރ. އައިޝަތު ޢަލީގެ ހުއްދަ ނެތި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަލުން އެ އީމެއިލް އެކްޓިވްކޮށް އެ އީމެއިލް ބަލައި ހާވާފައެވެ.

ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ހުރިހާ މުއްސަސާއެއްގައިވެސް އެ މުއްސަސާގެ މުވައްޒަފުންގެ ނަންޖަހައި، މުވައްޒަފުންނަށް ދޫކުރާ އީމެއިލްގައި ހުންނަ މެއިލްތައް ޑިލީޓްކުރުމަކީ ކުށެއް ކަމަަށް ބަލައިގެން މައްސަލަތައް ބަލައި ތަޙްޤީޤުކުރުމަކީ ޤާނޫނީ ގޮުތުން ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެގޮތަށް މުވައްޒަފެއްގެ ނަމުގައި ހަދައިދީފައިވާ އީމެއިލެއް އެމުވައްޒަފަކު ވަޒީފާއިން ވަކިވުމަށްފަހު، އަލުން އެކްޓިވްކޮށް މައްސަލަ ބަލައި ދައުވާކުރުމުގެ އިޖުރާއަތެއް އުފައްދާނަމަ، ދިވެހި ސިވިލްސަރވިސްގެ ހުރިހާ މުވައްޒަފުންވެސް އެމުވައްޒަފަކަށް އޮފީހުން އަމިއްލަ ނަމުގައި ދީފައި އޮންނަ އީމެއިލަށް އައިސްފައި ހުންނަ މެއިލްތައް ޑިލީޓް ކުރުން އެއީ ކުށަކަށް ވެގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.