މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
29 Mar 2024
ޚަބަރު
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި
އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ޏ. ފުވައްމުލަކުގައި ހުންނަ، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަސްބުރީގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ހަވާލުކޮށްފައި ވަނީ، ޓިކް ޓެކް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 35.9 މިލިއަން ރުފިޔާއަށް އެކުންފުންޏަށް މިމަޝްރޫޢު ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
28 Mar 2024
ޚަބަރު
ސަރުކާރު މުވައްޒަފުންގެ ބޮޑު ޗުއްޓީ ފެށުނީ، ދެން ސަރުކާރު ހުޅުވޭނީ އޭޕްރީލް 14ގައި
ސަރުކާރު މުވައްޒަފުންނާއި ސްކޫލު ކުދިންނަށް މާދަމާއިން ފެށިގެން ދެހަފްތާގެ ޗުއްޓީއެއް ލިބޭއިރު، ދެން ޖެހިގެން އަންނަ މެއި މަހު 1އިން 23އަށް ތިންހަފްތާ ސްކޫލު ބޮޑު ޗުއްޓީގެ ގޮތުގައި ސްކޫލު ކުދިންނަށް ލިބޭނެއެވެ.
22 Mar 2024
ޚަބަރު
އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހުގައި ދެއްކެވި ވާހަކަފުޅު އެމްޑީޕީން ކުއްވެރިކޮށްފި
އެމްޑީޕީގެ ބަޔާނުގައި ބުނީ، އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަސް ކަމަށާއި، އެގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެން ހީނުވާކަމަށެވެ.
19 Mar 2024
ޚަބަރު
ސަރުކާރު ބަދަލުވި އިރު، ތައުލީމީ ދާއިރާއިން 107 މަޝްރޫޢެއް ހިނގަމުން ދިޔަ: މިނިސްޓަރ
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް ފަށާފައި ހުރި، މަޝްޢޫރުތަކާއި ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ ސަރުކާރު ބަދަލުވި އިރު، 107 މަޝްރޫޢެއް ހިނގަމުން ދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެެއް މަޝްރޫޢުތައް ހުއްޓިފައިވާއިރު، އަނެއްބައި މަޝްރޫޢުތައް ލަސްދުވެއްޔެގައި ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
19 Mar 2024
ޚަބަރު
ދިރާސީ އަހަރަށް ގެނައި ބަދަލުގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު - އެޑިޔުކޭޝަން މިނިސްޓަރ
15 Mar 2024
ޚަބަރު
ސާނަވީ މަރުހަލާގައި ކިޔަވާ ކުދިންގެ ދެވަނަ ޓާމުގެ ޓެސްޓްގެ މުއްދަތު ކުރުކޮށްފި
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސަރކިއުލާގައި، ބުނެފައި ވަނީ މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ދަށު ސާނަވީ ގުރޭޑްތަކުގެ ދެވަނަ ޓަރމުގެ ޓެސްޓް ނެގުން މާރިޗު 16 އިން އޭޕްރީލް 27 އާއި ދެމެދު ކުރިޔަށް ގެންދިޔުމަށް, ދިރާސީ ކަލަންޑަރުގައި ފާހަގަކޮށްފައި ވީނަމަވެސް، އެމުއްދަތު މާރިޗު 27 އިން އޭޕްރީލް 25އަށް އެޑިޔުކޭޝަނުން ވަނީ ކުރުކޮށްފައެވެ.
13 Mar 2024
ޚަބަރު
ހުޅުމާލެ ފޭސް 2ގެ ސްކޫލަކަށް ބަދަލުވާން އެދޭ 800 ކުދިން އެބަ ތިބި: އެޑިޔުކޭޝަން މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ 2 ވަނަ ފިޔަވިހީގެ ސްކޫލުން ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ދެ ސްކޫލުގެ ތެރެއިން ޞަލާޙުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލުކޮށްގެން ޖާގަ ބޭނުންވާ ކުދިންނަށް ޖާގަ ދިނުމަށް މިނިސްޓްރީން ނިންމާފައި ވާއިރު، އެއް ދަންފަޅިއަށް ކިޔަައިދޭ އެސްކޫލުގައި މިހާރުވެސް 2054 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.
29 Feb 2024
ޚަބަރު
ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލަފައިވަނީ 500 ފުރުޞަތެވެ.
12 Jan 2024
ޚަބަރު
ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއި މެދު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި
އެޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާއްމުންގެ ހުރި ކަންބޮޑުވުންތައް އެ ޕާޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. މިގޮތުން އެކަންކަމުގެ މައްޗަށް ބަލައި އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ މައިގަނޑު 5 ކަމެއް ފާހަގަކޮށްފައެވެ.
05 Dec 2023
ޚަބަރު
ސްކޫލުތަކުގެ އެސެމްބްލީގައި ޤައުމީ ސަލާމް ޖަހާގޮތަށް އަލުން ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
24 Nov 2023
ޚަބަރު
10 ގެ ދަރިވަރުންގެ 2 ވަނަ ޓާމްގެ ޓެސްޓު ރޯދައިގެ ކުރިން ބާއްވަން އަންގައިފި
ގްރޭޑް 10ގެ ދަރިވަރުންގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.