Advertisement

ދިރާސީ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމުގެ ފޯރަމްގެ ތެރެއިން --

19 Jan 2025
ޚަބަރު

އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި

ދިރާސީ އަހަރުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދާ ހަރަކާތްތައް ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމާއި ގުޅޭގޮތުން ފޯރަމެއް ބާއްވައިފިއެވެ. 

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ދިރާސީ ކަލަންޑަރު އެކުލަވާލުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މިގޮތަށް ފޯރަމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ. 

ޢިމާދުއްދީން ސްކޫލުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ މި ފޯރަމްގައި ކުޅިވަރު އެސޯސިއޭޝަންތަކާ، އެކަޑެމީތަކާއި އަދި ކަމާއި ގުޅުންހުރި މިނިސްޓްރީތަކުގެ އޮފިޝަލުން ބައިވެރިވި ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ދިރާސީ އަހަރުގެ އެކްޓިވިޓީ ކަލަންޑަރަކީ، ދިރާސީ އަހަރުގެ ކަލަންޑަރެކޭ އެއްގޮތަށް އާއްމު ކުރަމުން އަންނަ އެއްޗެކެވެ. އަދި ކުޅިވަރު ހަރަކާތްތައް އެކުލަވާލުމުގައި ކަމާއި ގުޅޭ އިދާރާތަކުން މަޝްވަރާ މިނިސްޓްރީން އަންނަނީ ހޯދަމުންނެވެ. 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފަށާނީ އޭޕްރީލް މަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.