Advertisement

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އިސްމާޢީލް ޝަފީއު --

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކޫލް ސްކޫލް ޕްރޮޖެކްޓަކީ ހަމައެކަނި ފިނިކުރުމަކުން ނިންމާލާނެ ޕްރޮޖެކްޓެއް ނޫން: އެޑިޔުކޭޝަން މިނިސްޓަރ

ސަރުކާރުގެ ސްކޫލްތައް އޭސީ ކުރުމަށް ފެށި "ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ހަމައެކަނި ކްލާސްރޫމުތައް ފިނިކުރުމަށް އޭސީކޮށްފައި އެކަނި ނިންމާލާނެ ޕްރޮޖެކްޓެއް ނޫން ކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ހުރިހާ ސްކޫލުތައް 2 އަހަރު ދުވަހުގެ ތެރޭގައި، ކޮމިއުނިޓީތަކާއި ގުޅިގެން އޭސީކޮށް ނިންމުމަށް އަމާޒު ހިފައިގެން ފެށި ޕްރޮޖެކްޓް "ކޫލް ސްކޫލް" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ، ކޫލް ސްކޫލެއްގައި ހިތަސް ފިނިކަން ލިބޭނެ ކަމަށާއި، އުފާވެރިކަން އިޙްސާސް ވާނެ ކަމަށެވެ. އަދި ފިނިކަމާއި އެކުގައި ދަރިވަރުންގެ އުޅުމާއި ސްލޫކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ ޖުމުލަ ގޮތެއްގައި ބުނާކަމުގައި ވަނީ ނަމަ. ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނުވެއް އޮންނާނެ. އަދި މުދައްރިސުންނާއި ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިން އެންމެން ގުޅިގެން މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ، މިތިބި ތުއްތު ކުދިންނަކީ، ރަށަށް ޤައުމަށް، އަދި އެކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކެއް، އަދި ތަރުބިއްޔަތު ތަކެއް މުޅި ޖުމުލަކޮށް، ކާމިޔާބު އިންސާނުން އުފެއްދުަމަށް، ލިބެންޖެހޭ ހުރިހާ ތަރުބަަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލުގެ ވެށި ވެގެން ދިޔުން އެއީ އަޅުގަނޑުމެންގެ މަފްހޫމްގައި ކޫލް ސްކޫލުގެ މުޅި މިޕްރޮޖެކްޓްގެ މާނަޔަކީ އިނގޭތޯ؟" 

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އިސްމާޢީލް ޝަފީއު

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އިސްމާޢީލް ޝަފީއު ވިދާޅުވީ، ސްކޫލުތައް ފިނިކުރުމުގެ ޕްރޮޖެކްޓަކީ ރައީސްގެ ޚާއްޞަ އިރުޝާާދާއިއެކުގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މމިޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމުގައި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްވެސް ރައީސް އިރުޝާދު ދެއްވާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތާރީޚީ މިފަދަ ޕްރޮޖެކްޓެއް ފުރަތަމަ އަތޮޅުތެރޭގެ ރަށެއްގައި ފެށިގެން ދާކަމަކީވެސް، އަތޮޅުތަކުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމެއް ކަމުަގއިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ސްކޫލަކަށް މާފުށީ ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަަސައްކަތް ކުރާނީ މާފުށީ ކައުންސިލުން ޚަރަދުކުރައްވައިގެން މާފުށީ އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގައި މާފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އަލީ
ފިނި ކުރުން އެއީ ބުލީ ކުރަން ނުޖެހޭ ސަބަބެއް ނޫން..ކޮސް ނުގޮވާ.
02 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.