Advertisement

ހުޅުމާލެ ޣާޒީ ސްކޫލް --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

މޫސުމް ގޯސްވެފައި ވާތީ ދިރާސީ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ސެޝަންތައް ކުރުކުރަން އަންގައިފި

ބޮޑު ޗުއްޓީ ނިމި އާދީއްތަ ދުވަހު ސްކޫލުތަށް ހުޅެވޭއިރު ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ދަންފަޅިތަކުގެ ވަގުތު ކުޑަކޮށްގެން ކިޔަަވައިދިނުން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ސްކޫލުތަކަށް އަންގައިފިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅޭ ގޮތުން މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ފޮނުވި ސަރކިއުލާގައި ބުނެފައި ވަނީ، މިދުވަސްވަރަކީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވުމާއި އެކު، ކުރިމަތިވެފައިވާ އުނދަގޫ މޫސުމީ ޙާލަތަށް ރިޢާޔަތްކޮށް، ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި، އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާއި ހަމައަށް، ސްކޫލުތަކުގެ ކިޔަވައިދޭ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކިޔަވައިދޭ ކޮންމެ ދަންފަޅިއެއްވެސް 2 ގަޑި އިރާއި، 3 ގަޑި އިރާއި ދެމެދަށް ފައްތައިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ ވަނީ ސްކޫލުތަކަށް އަންގާފައެވެ.

މޫސުމީ ހާލަތާއި ގުޅިގެން ދަތުރުފަތުރަށް ހުރަސް އެޅިފައިވާތީ، ކިޔަވައިދޭ ދަންފަޅީގެ ވަގުތު މަދު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމި އިރު، ދަތުރުފަތުރަށް ބުރޫ އެރުމާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން ރަށްރަށާއި މާލޭގައި ތާށިވެފައެވެ.

އަތޮޅުތަކުގެ ގިނައަދަދެއްގެ ޓީޗަރުންނާއި ދަރިވަރުން މާލޭގައި ތިބި އިރު، ރަށްރަށަށް މާލެއިން ޗުއްޓީއަށް ދިޔަ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިން ތިބީ މާލެއަށް ނާދެވިފައެވެ. ރާއްޖެއަށް މޫސުމް ގޯސްވެ މާލެ ސަރަހައްދާއި އުތުރުގެ އަތޮޅުތަކަށް މިހާރުވެސް އޮރެންޖް އެލާޓް ނެރެފައިވާއިރު، ކުރިޔަށް އޮތް ތިން ދުވަހުވެސް މޫސުމް ގޯސްވާނޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.