Advertisement

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން އެސްކޫލުގެ އެސެމްބްލީގައި ---

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާސީ އައު އަހަރު ފެށެން ހަފްތާއަކަށް ވެއްޖެ، ދަރިވަރިންގެ ޓެކްސްޓް ފޮތްތަކެއް ނުލިބޭ!

ދިރާސީ އައު އަހަރު ފެށެން ހަފްތާއަކަށް ވެފައި ވާއިރު، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

މާލެއާ ހުޅުމާލޭގެ ބައެއް ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންވެސް ވިދާޅުވީ، އައު ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދޫކުރަން ނުފެށޭ ކަމަށާއި، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށެވެ. އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން، "ނޫން.އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން މެއި 26 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރީ އަހަރުތަކެކޭ އެއްފަދައިން ދިރާސީ އަހަރު ނިމުމުގެ ކުރިން ދަރިވަރުންގެ އަތުން އަނބުރާ ނެގުމަށް ހަމަޖައްސާފައި ހުރި ޓެކްސްޓް ފޮތްތައް ސްކޫލުތަކުން ނަގާފައިވާ ކަމުގައި ޕްރިންސިޕަލުން ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށޭ އިރުވެސް ޓެކްސްޓް ފޮތްތައް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އަދި ސްކޫލު ހުޅުވޭއިރު، ފޮތްތައް ކުދިންނަށް ހަވާލުކުރެވިފައި ނެތުމަކީ، އެކަމުގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށްވެސް އަދި ބެލެނިވެރިންނަށްވެސް އިތުރު ތަކްލީފުތަކެއް އުފުލަން ޖެހޭ ކަމެއްކަން ޕްރިންސިޕަލުން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ނިމިދިޔަ ދިރާސީ އަހަރު ސްކޫލުތަކުން ރިޕޯޓްފޮތް ދޫކުރުމުގެ ކުރިން ޓެކްސްޓް ފޮތްތައް ދޫނުކުރެވުނު ސަބަބެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ނިމިދިޔަ ދިރާސީ އަހަރާއި އޭގެ ކުރީގެ ދިރާސީ އަހަރުގައިވެސް، ބޮޑު ޗުއްޓީއަށް ސްކޫލުތައް ބަންދު ކުރުމުގެ ކުރިން ގްރޭޑް ބަދަލުވި ދަރިވަރުންނަށް، ޓެކްސްޓް ފޮތްތައް ސްކޫލުތަކުން ދޫކުރަން ފަށައެވެ.

މިސަރުކާރުން ވަނީ، ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލު ގެނެސް ދިރާސީ އަހަރުގެ މުއްދަތު ކުރުކޮށްލާފައެވެ. އެއާއެކު ކިޔަވައިދިނުމާއި އެއާއި ގުޅުންހުރި އެހެން ކަންކަމަށްވެސް އެކަމުގެ އަސަރުތައް ވަނީ ފޯރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.