Advertisement

ހިރިޔާ ސްކޫލު ކުދިން

30 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑު ޗުއްޓީ ރޯދަމަހާއި ދިމާވާގޮތަށް ދިރާސީ ކަލަންޑަރަށް ބަދަލު ގެނެސްފި

ކުރިޔަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްތައް ރޯދަމަހާއި ދިމާވާގޮތަށް ދިރާސީ ކަލަންޑަރަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީން ފުރަތަމަ އާއްމު ކުރި، ޓެންޓެޓިވް އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން، މިފެށޭ ދިރާސީ އަހަރުގެ ބޮޑުޗުއްޓީ ލިބޭނީ، ފެބުރުއަރީ މަހުގެ 23 އިން މާރިޗު 6 އަށެވެ. އެހެން ނަމަވެސް މިއަދު ސްކޫލުތަކަށް އެކަޑަމިކް ކަލަންޑަރު ފޮނުވި އިރު ވަނީ، މުޅި ރޯދަމަސް ޗުއްޓީގެ ތެރޭގައި ހިމެނޭ ގޮތަށް ދިރާސީ ކަލަންޑަރަށް ބަދަލު ގެނެސްފައެވެ.

2025 ވަނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ، ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހެވެ. އަދި ރޯދަ މަސް ނިމޭނީ، މާރިޗު މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ވާއިރު ރޯދަމަހުގެ ފުރަތަމަ ހަފްތާ ނުހިމަނައި، އީދު ބަންދާއިއެކު ރޯދަމަސް ހިމަނާފައި ވަނީ ބޮޑު ޗުއްޓީގެ ތެރޭގައެވެ. މިގޮތުން 2024 ވަނަ އަހަރު ދިރާސީ އަހަރު ނިންމައި ސްކޫލުތައް ބަންދުކުރާނީ، މާރިޗު މަހުގެ 9 ވަނަ ދުވަހުގައެވެ. ސްކޫލުތަކުގެ ދެވަނަ ޓާމުގެ ޓެސްޓް ރޯދަމަހުގެ ކުރިން ނިންމާނެއެވެ.

އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭ ފުރަތަމަ ދުވަސް ކަމުގައިވާ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަސް ހަމަޖައްސާފައި ވަނީ، ޓިޗަރސް ރިޕޯޓިން ޑޭ ގެ ގޮތުގައެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު އޭޕްރީލް 6 ގައި ފަށާއިރު، ދިރާސީ އަހަރު ޑިސެމްބަރު މަށް ނިންމާނެއެވެ.

އަންނަ އަހަރުންފެށިގެންސް ސްކޫލުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކުރާއިރު އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.