Advertisement

"ކޫލް ސްކޫލް" އިފްތޮތާޙް ކުރުމަށް މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

02 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮގްރާމް ފަށައިފި، ފުރަތަމަ ސްކޫލަކަށް މާފުށީ ސްކޫލް

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްސް، "ކޫލް ސްކޫލް" ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްފިއެވެ.

މިޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފައި ވަނީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢު އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އިސްމާޢީލް ޝަފީއު އެވެ.

މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، މާފުށީ ކައުންސިލުން އިސް ނަގައިގެން، އެރަށުގެ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މާފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާފުށީ ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިންމާނެއެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ކޮމިއުނިޓީއާ ގުޅިގެން ސަރުކާރުގެ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިރަސްމިއްޔާތުގައި، އެޑިޔުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ސްކޫލްތައް އޭސީ ކުރުމަށް ބޭނުންވާ ކަރަންޓްގެ 30 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތަކުން އުފެއްދޭ ކަރަންޓްކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ކަމުގެ ފަންނީ ތަޖުރިބާކާރު ބޭފުޅުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމަށް ބައި ބިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.