Advertisement

މިނިސްޓަރ އޮފް އެޑިޔުކޭޝަން އިސްމާޢީލް ޝަފީޢު --

13 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ނިންމައިފި

މިފެށޭ ދިރާސީ އަހަރުންފެށިގެން ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރަން ނިންމާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީޢު މިހެން ވިދާޅުވީ، ޖަމާލުއްދީން ސްކޫލުގެ ކުލާސްރޫމުތަކުގައި ހޫނު ގަދަވާތީ، ބެލެނިވެރިންގެ އެހީތެރިކަމާއި އެކު ކުލާސްރޫމުތަކުގައި ފަންކާތައް އިތުރުކުރުމަށް އެސްކޫލުން ނިންމައި އެކަން އިއުލާނު ކުރުމާއި ގުޅިގެން އާއްމު ރައްޔިތުންގެ ފަރާތުން ސޯޝަލްމީޑިއާގައި އަމާޒުވި ފާޑުކިޔުންތަކަށް ފަހުގައެވެ.

މިސްޓަރ ޑރ ޝަފީއު ވިދާޅުވީ، ސަރުކާރުގެ ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއި އަދި ކޮމިއުނިޓީގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ. މިގޮތުން އެމަސައްކަތް މި މެއި މަހުގެ ފަހު ހަފްތާގައި އިފްތިތާޙް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރ ޑރ. ޢިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މި މެއި މަހުގެ ފަހު ހަފްތާގައި ފެށޭނެއެވެ.

މިނިސްޓަރ ޝަފީޢު ވިދާޅުވީ،  މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި ކަމަށެވެ. މިގޮތުން، މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށާއި، އެ ޕްރޮގްރާމާއެކު މުދައްރިސުންނަކީ ޤަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށި، އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއްވެސް އެޅިގެންދާނެ ކަމުގައި މިނިސްޓަރ ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.