Advertisement

ހުޅުމާލޭގައި އަލަށް ހުޅުވު ޞަލާޙުއްދީން ސްކޫލުގެ ދަރިވަރުން -- ފޮޓޯ: ސަލާޙުއްދީން ސްކޫލް

21 May 2024
ޚަބަރު
ޢަލީ ސުލައިމާން

އަލުން ހުޅުވާލި ފުރުޞަތުގައި 293 ކުދިން ސްކޫލު ބަދަލުކުރަން ހުށައެޅި -އެޑިޔުކޭޝަން

މާލޭގެ ސަރުކާރު ސްކޫލުތަކަށް ވަނުމަށާއި، ސަރުކާރު ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލު ކުރުމަށް އެދި ހުށައެޅުމަށް ދިން ދެވަނަ ފުރުޞަތުގައި 293 ކުދިން ސްކޫލު ބަދަލު ކުރުމަށް ހުށައަޅާފައިވާ ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 15 އަދި 16 ދެދުވަހު، ސްކޫލު ބަދަލުކުރަން ބޭނުންވާ ދަރިވަރުންގެ ފޯމް ހުށައެޅުމަށް ދިން ފުރުޞަތުގައި، އަތޮޅުތަކުގެ ސްކޫލުތަކުން މާލެއަށް 159 ދަރިވަރުން އަދި މާލޭގެ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 134 ދަރިވަރުން އަދި ރާއްޖެއިން ބޭރުްން މާލެއަށް ބަދަލުވާ 3 ދަރިވަރުންނާއި ޕްރައިވެޓް ސްކޫލުތަކުން ސަރުކާރުގެ ސްކޫލުތަކަށް 17 ދަރިވަރަކު ބަދަލުކޮށްދިނުމަށް އެދި ފޯމް ހުށައަޅާފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަނީ، ސްކޫލު ބަދަލުވާން އެދި ހުށައަޅާ ފޯމްތައް ބަލައި، ޖާގަ އޮތް ސްކޫލުތަކުން ޖާގަ ހަމަޖައްސައި ދެމުންްނެވެ. 

މިފެށޭ ދިރާސީ އަހަރުގެ ކިޔެވުން އަންނަ ހަފްތާގެ އާދީއްތަ ދުވަހު ފެށޭއިރު، މިހާތަނަށް 924 ދަރިވަރަކު ވަނީ އަތޮޅުތަކުގެ ސްކޫލުތަކުން މާލެއަށް ބަދަލުވުމަށް އެދި ފޯމް ހުށައަޅާފައެވެ.

އަދި މިހާތަނަށް، ޖުމުލަ 4410 ފޯމް ވަނީ ސްކޫލް ބަދަލުކުރަން ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.