Advertisement

މަޖީދިއްޔާ ސްކޫލުގައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރުން --

21 May 2024
ޚަބަރު
ޢަލީ ސުލައިމާން

ސްކޫލުތަކުން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

އަންނަ އާދީއްތަ ދުވަހު ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، މިހަފްތާގެ އާދީއްތަ ދުވަހުންފެށިގެން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފިއެވެ.

މާލޭގެ ސްކޫލުތަކުންނާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ފޮތްތައް ދޫކުރަން ފަށާފައި ވީނަމަވެސް، މާލޭގައިވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް އަދިވެސް ނުލިބޭތީ ދުލެއް ނުކުރެއެވެ. އަދި މޫސުމް ގޯސްވުމާއި ދަތުރުފަތުރުގެ ދަތިތަކާއި ހުރެ ދެކުނާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލުތަަކަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާކަމަށް، ބައެއް ސްކޫލުތަކުގެ އިސްވެރިން ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، ސްކޫލުތައް ހުޅުވޭއިރުވެސް ހުރިހާ ގްރޭޑެއްގެ ޓެކްސްޓް ފޮތްތައް ހަމަޔަށް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމުގައި ބައެއް ސްކޫލުތަކުގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިރާސީ އަހަރު ނިމި ރިޕޯޓް ފޯމް ދިނުމުގެ ކުރިން ދަރިވަރުންނަށް ސްކޫލުތަކުން އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.