Advertisement

ސީއެޗްއެސްސީ ހުޅުއްވައި ދެއްވުން ---

05 Nov 2024
ޚަބަރު

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލެ ކެމްޕަސް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ މާލޭ ކެމްޕަސް ރޭ ހުޅުއްވައިދެއްވައިފިއެވެ.

ސީއެޗްއެސްސީގެ މާލެ ކެމްޕަސް ހުޅުވާފައި ވަނީ، ކުރިންވެސް މާލޭގައި ސީއެޗްއެސްސީ ހިންގަމުން އައި އަމީނިއްޔާ ސްކޫލުގެ އިރުން ހުރި ބައު އިމާރާތުގައެވެ. އެ އިމާރާތް ހުޅުވާފައި ވަނީ އެތަން އަލުން މަރާމާތު ކުރުމަށް ފަހުގައެވެ.

މި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ.

މިރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، މާލޭގެ ސީ.އެޗް.އެސް.އީ އިމާރާތް ހުޅުމާލޭގައި އެޅުމާއި ގުޅިގެން ގިނަ ދަރިވަރުންތަކެއް މާލެއިން ސީ.އެޗް.އެސް.އީ. ހުޅުމާލެއަށް ދަތުރުކުރަންޖެހުމަކީ ވަރަށް ތަކުލީފުބޮޑު، އެކަމުގެ އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސުވި ކަމެއް ކަމަށާއި މިކަމުގެ ޝަކުވާތައް އަޑުއައްސަވާ، މާލޭގައި އަލުން ސީ.އެޗް.އެސް.އީ ހުޅުވައި، ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ޝުކުރުވެރިކަމާއެކު މުޅި ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ފާހަގަކުރައްވާ ކަމެއް ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އޯ ލެވެލް ނިންމާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އެގޮތުން ކުރިން އެގާރަ ސަތޭކައެއްހާ ކުދިން އޭ ލެވަލްގައި ބައިވެރިވާ ބައިވެރިވުން މިހާރު ދެހާހާއި ގާތްކުރާ ޢަދަދަކަށް މަތިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި ރޭ އަލުން ހުޅުވިގެންދާއިރު އެ ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައި ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.