Advertisement

މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ބޯކޮށް ވާރޭ ވެހެނީ ---

21 May 2024
ޚަބަރު
ޢަލީ ސުލައިމާން

މާދަމާ މުދައްރިސުން ސްކޫލުތަކަށް ނުކުންނަން ޖެހޭއިރު ގިނަ އަދަދެއްގެ މުދައްރިސުން ރަށުން ބޭރުގައި

އާދީއްތަ ދުވަހު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ތައްޔާރުވާއިރު މާދަމާއަކީ، މުދައްރިސުން ސްކޫލުތަކަށް ނުކުންނަން ޖެހޭ ދުވަސް ނަމަވެސް ގިނައަދަދެއްގެ މުދައްރިސުން ރަށުން ބޭރުގައި ތާށިވެއްޖެއެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަގުން ކުރާ އާއްމު ދަތުރުފަތުރަށް ހުރަސް އެޅި، ގިނަ އަދަދެއްގެ މުދައްރިސުން ތިބީ މާލޭގައި ތާށިވެފައެވެ. ސްކޫލު ބަންދުގައި ސިއްޙީ ބޭނުންތަކަށާއި، އެހެނިހެން ބޭނުންތަކަށް މުދައްރިސުންވެސް މާލެއަށް އަންނައިރު، އެނބުރި ރަށަށް ފުރޭނެ ގޮތެއް ނެތިފައި ގިނަ އަދަދެއްގެ މުދައްރިސުން މާލޭގައިވެސް އެބަތިއްބެވެ. މޫސުމް ގޯސްވުމުގެ ސަބަބުން އަތޮޅުތަކަށް ކުރާ ލޯންޗު ދަތުރުތަކުުގެ ޝެޑިއުލަށްވެސް ބުރޫ އަރާފައި ވާއިރު، ކަނޑުމަގުން އަތޮޅުތެރެއަށް ކުރާ ލޯންޗު ދަތުރުތައް އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ.

މާލެ ސަރަހައްދަށް މޫސުމް ގޯސްވެ އޮރެންޖް އެލާޓު ނެރެފައި ވާއިރު، ކުރިޔަށް އޮތް ތިން ދުވަހަށްވެސް މޫސުމް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ބުނެފައެވެ. އަދި ދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަމާލު ވުމަށާއި، ރޭގަނޑު ދަތުރު ނުކުރުމަށް ސަލާމަތީ ޚިދުމަތްތަކުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ޓީޗަރެއް
އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވަން ލަސްކޮށްދެއްވާނެ ނަމަ ކިހާ ރަނގަޅުތޯ؟؟؟ މިހާރު ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް މިޖެހުނީ 3 ދުވަސް ލީވް ނަގަން… ވަރަށް ދެރަ 😢
21 May 2024
ޓީޗަރެއް
ރަށަށް ދެވޭނެ ގޮތެއް ނުވެގެން ވައިގެ މަގުން ރަށަށް ދާން ބެލިއިރުވެސް އެންމެ އަވަހަށްވެސް ޖާގަ ލިބެން އޮތީ 28 މެއި އަށް. 3 ދުވަސް ގެއްލުނީ.
21 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.