Advertisement

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާޙް ކުރުން --

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ އިފްތިތާޙްކުރި "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓަށް ފައިސާ ހޯދީ ކުރީ ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިއްޔެ އިފްތިތާޙްކޮށްދެއްވި "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓްގައި ބޭނުން ކުރާ، 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީއަކީ ކުރީ ސަރުކާރުން ހޯދި އެހީއެއް ކަން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ހާމަކުރައްވައިފިއެވެ.

ޑރ. އައިޝަތު ޢަލީ މިކަން ހާމަކުރެއްވި އިރު، ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއްގެ ދަށުން ދީފައިވާ، 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީ ބޭނުންކޮށްގެން ހިންގާ، "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިއްޔެ ސަރުކާރުން އިފްތިތާޙް ކުރީ، މިސަރުކާރުން މިފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި ހޯދި ފަންޑިންކަމަށް ދޭހަވާ މޭރުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އޭގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ. ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ، 9.5 މިލިއަން ޑޮލަރުގެ މިތިން ގްރާންޓް ރާއްޖެއަށް ކާމިޔާބު ކުރެވުނީ، ހުސްވި އަހަރުގެ އޮގަސްޓް މަހުގައި ކަމަށެވެ.  އަދި 15 އޮކްޓޯބަރ 2020ގައި މި ގްރާންޓްއަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގުމާއެކު ގިނަ ބައެއްގެ ބުރަ މަސައްކަތާއެކު ޕާރޓްނަރޝިޕް ކޮމްޕެކްޓްއާއި މަލްޓިޕްލަޔަރ ގްރާންޓް ތައްޔާރުކޮށް ހުށައެޅުނީ، ޖުލައި 2023ގައިކަން ވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، އެ ގްރާންޓްއަށް އެދެން ކޮމްޕެކްޓް ފަރުމާކުރީ ރައީސް ޞާލިޙުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން، ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށާއި އިކުއިޓީ އާއި އިންކުލޫޝަން އަދި ޖެންޑަރ އިކުއިޓީއަށް ފޯކަސްކޮށް މުޅި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ ނިޔަތުގައި ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ، މި ގްރާންޓްގެ އެހީގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނޭކަމަށް ކަމުގައިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.