Advertisement

މިރޭ ބޭއްވި އަހާ ފޯރަމް --

29 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓޫޑެންޓް ލޯނަށް ޝަރުޠުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޭން މިސަރުކާރުންވެސް ނިންމައިފި

ނެޝަނަލް ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން ރާއްޖެއާ ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލްކުރުމަށް. ލޯން ފުރުޞަތަށް އެދި ހުށައަޅާފައިވާ ހުރިހާ ދަރިވަރުންނަށްވެސް ލޯނު ދިނުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒުވެސް ނިންމަވައިފި ކަމުގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްވެސް އެގޮތަށް ނިންމަވާއިފައި ވާތީ، މިސަރުކާރު އައި އިރުވެސް ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށްވެސް އައި ލޯނު ދޫކުރަމުންނެވެ.

މިސަރުކާރު އައިފަހުން ދަރިވަރުންނަށް، ނެޝަނަލް ސްޓޫޑެންޓް ލޯން ސްކީމުގެ ތެރެއިން ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ، ފެބުރުއަރީ މަހުގައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްޓޫޑެެންޓް ލޯން ދޫކުރާ ފުރަތަމަ ބުރެވެ. މިބުރުގައި ސްޓޫޑެންޓް ލޯނަށް ހުށައެޅުމަށް ދީފައިވާ، ސުންގަނޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަގެ މެންދުރު 1:30 އަށެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.