Advertisement

ހިރިޔާ ސްކޫލުގެ ދަރިވަރުން ---

26 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި

ސްކޫލު ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިއަދު ކިޔެވުން ފެށިއިރު، ރާއްޖެއަށް މިދުވަސްވަރު މޫސުމް ގޯސްވެފައި ވާތީ، އަންގާރަ ދުވަހާއި ހަމައަށް، ސްކޫލުތަކުގެ ސެޝަންތައް ތިންގަޑިއރަށް ވުރެ ދިގު ނިވާނެހެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގާފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ސްކޫލުތަކުގައި، 96000 ވުރެ ގިނަ ކުދިން ކިޔަވާނެއެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު އަތޮޅުތަކުގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް، 1126 ދަރިވަރުން ވަނީ ބަދަލުވެފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގާ 162 ސްކޫލުގެ ތެރެއިން 55 ސްކޫލެއްގައި މިއަހަރު ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ތެރެއިން މިދިޔަ އަހަރު އެއްދަނފަޅިއަށް ކިޔެވުން ކުރިޔަށް ގެންދިޔަ ސަލާޙުއްދީން ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އަދަދު ގިނަ އެސްކޫލުގައި މިއަދު ވަނީ ދެދަންފަޅިއަށް ކިޔަވައިދޭންފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.