Advertisement

ހުޅުމާލެ ޣާޒީ ސްކޫލް --

19 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޑރ. ޙަސަން ޙަމީދު ވިދާޅުވަނީ، ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމަށް ބައި ބިލިޔަން ރުފިޔާ ހޭދަވާނެކަމަށް!

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަައް 2 އަހަރުގެ ތެރޭގައި އޭސީ ކުރާނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައި ވާއިރު، އެކަމަށް މަދުވެގެން ބައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަ ވާނެ ކަމުގައި، ރާއްޖޭގެ ތަޖުރިބާކާރު އިންޖިނޭރު، ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

ޑރ. ޙަސަން ޙަމީދަކީ، ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅާއެވެ. ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، ޑރ. ޙަސަން ޙަމީދު އެމަނިކުފާނުގެ އަމިއްލަ ފުޅު ބުލޮގްގައި ސްކޫލުތަކުގެ ކްލާސް ރޫމްތައް އޭސީ ކުރުމާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ މަޒުމޫނުގައި ވިދާޅުވީ، އެކަމަށް މަދުވެގެން 600 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށާއި، އަދި އޭސީތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ކަރަންޓްގެ ޚަރަދަށް އަހަރަކަށް، 178 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.

އެހެންކަމުން ޑރ، ޙަސަން ހަމީދު އަންދާޒާ ކުރައްވާފައިވާ ގޮތުން، ކްލާސްރޫމްތައް އޭސީ ކުރުމަށް، މިހާރު ތައުލީމީދާއިރާއަށް ކަނޑައަޅާފައި އޮތް ބަޖެޓުގެ ގާތްގަނޑަކަށް އަށްބައިކުޅަ އެއްބައި ހަމައެކަނި އެކަމަށް ހޭދަވާނެއެވެ. މިހިނގާ އަހަރު ތައުލީމީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ، 4 ބިިލިއަން ރުފިޔާއެވެ.

ޑރ. ޙަސަން ހަމީދު އެމަނިކުފާނުގެ މަޒުމޫނުގައި ވަނީ، ކުލާސް ރޫމުތައް އޭސީ ކުރާނަމަ، އެއާއި ގުޅިގެން، ކުރަންޖެހޭ އިތުރު ގިނަ ޚަރަދުތަކެއް ހުރިކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކުލާސް ރޫމުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި، ސްކޫލުތަކުގެ ކަރަންޓް ވިއުގައަށް ގެންނަން ޖެހޭ ބަދަލުތައް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ކްލާސް ރޫމްތައް އޭސީ ކުރުމުން ކުރާނެ ފައިދާ އާއި އަދި އެކަމުން ލިބޭނެ ގެއްލުންތަކާއި ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ މަޒުމޫނުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ޑރ. ޙަސަން ހަމީދު ލިޔުއްވާފައިވާ މަޒުމޫނު ތިރީފައިވާ ލިންކުން ކިޔުއްވޭނެއެވެ.

https://www.hassanhameed.com

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.