Advertisement

ހިރިޔާ ސްކޫލުގެ ބައެއް ދަރިވަރުން -- ފޮޓޯ: ހިރިޔާ ސްކޫލް

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި

ހަތްހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާން (އެސް.އެެސް.ސީ) އިމްތިހާން މުޅި ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނަކީ، ދަށު ސާނަވީ ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިހާނެކެވެ. މިއީ ޤައުމީ ފެންވަރުގެ އިމްތިޙާނެކެވެ. އެސްއެސްއީ އިމްތިހާނުގައި މިއަދު ބާއްވާފައި ވަނީ އިސްލާމް މާއްދާގެ އިމްތިޙާނެވެ.

ސާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް ދެވޭ ބައިނަލްއަޤުވާމީ އިމްތިޙާން، އައިޖީސީއެސްއީ އިމްތިހާނުގެ މާއްދާތަކުގެ އިމްތިހާން ފަށާނީ، މެއި މަހުގެ 2 ވަނަ ދުވަހުންފެށިގެންނެވެ.

އެސްއެސްސީ އިމްތިޙާނާއި، އައިޖީސީއެސްއީ އިމްތިހާން، 257 ސެންޓަރެއްގައި ކުރިޔަށް ގެންދާއިރު، މިއިމްތިހާނުތަކުގައި، 7501 ދަރިވަރުން ބައިވެރިއެވެ. 

އެސްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީ އިމްތިހާނުގެ މާއްދާތަކުގެ އިމްތިހާނުތައް ޖޫން 13 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.